ތާލިބާން ޖަމާއަތުގެ ބާނީ، މުއްލާ އުމަރުގެ ދަރިފުޅު ފުރަތަމަ ފަހަރަށް ޓީވީއަށް އަރާ، ތާލިބާން ޖަމާއަތުގެ މޫނުމަތި ރީތިކުރުމަށް ކުރެވެމުންދާ މަސައްކަތުގައި ބައިވެރި ވެއްޖެއެވެ.
ޓީވީ މެދުވެރިކޮށް ގެނެސް ދިން އިނެވެންޓެއްގައި ބައިވެރިވެ، ތާލިބާން ސަރުކާރުގެ ޑިފެންސް މިނިސްޓަރ މުހައްމަދު ޔައުގޫބު ވަނީ، އަފްއާނިސްތާނުގެ ވިޔަފާރި ވެރިންނަށް އެގައުމުގައި ހޮސްޕިޓަލްތަކާއި ކުލިނިކްތައްވެސް ބިނާ ކުރުމަށް ގޮވާލައްވާފައެވެ.
ތާލިބާން ޖަމާއަތުގެ ރޫހާނީ ލީޑަރުގެ ގޮތުގައި ހުންނަވާ، ތާލިބާންގެ ފުރަތަމަ ވެރިކަމުގައި، ޔައުގޫބުގެ ބައްޕަ މުއްލާ އުމަރު އާންމު ތަންތަނުން ފެނިފައިވަނީ ވަރަށް މަދު ފަހަރެއްގައެވެ. އަދި އޭނާގެ ފޮޓޯތައް ނަގާ އާންމުކުރުންވެސް ވަނީ މަނާ ކުރެވިފައެވެ.
އެއް ލޮލަށް ނުފެންނަ، ތާލިބާންޖަމާއަތުގެ ރޫހާނީ ލީޑަރުގެ މައުލޫމާތުވެސް ވަރުގަދަޔަށް ސިއްރު ކުރެވިގެން ދިޔަ ދިއުމުގެ ނަތީޖާއެއްގެ ގޮތުން، މުއްލާ އުމަރު 2013ވަނަ އަހަރުގައި ނިޔާވުމަށްފަހު، ނިޔާވި ޚަބަރުވެސް އާންމު ކުރެވިގެން ދިޔައީ އޭގެ ދެއަހަރު ފަހުންނެވެ.
އެހެންނަމަވެސް، އެމެކާއިން ތާއީދުކޮށްގެ އަފްއަނިސްތާނުގައި އޮތް ސަރުކާރާ އަދި ބޭރުގެ ފައުޖުތަކާ ދެކޮޅަށް 20 އަހަރު ވަންދެން ހަގުރާމަ ކުރުމަށްފަހު، ފާއިތުވެދިޔަ އޮގަސްޓުމަހު ވެރިކަމަށް އައުމަށްފަހު ތާލިބާން ޖަމާއަތުގެ ވަޒީރުންވަނީ، އިހުނަށްވިރެ ބޮޑަށް އާންމުންގެ ތެރެއަށް ފެނި، އަދި ސިޔާސީގޮތުން ފުޅާ ދައުރެއް އަދާ ކުރަން ފަށާފައެވެ.
"ހިގާ މިތަނަށް ހޭދަކުރަމާ، އެކުވެރި ވިޔަފާރިވެރިން މިތަނަށް އައިސް، ހޮސްޕިޓަލްތަކާއި ކުލިނިކްތައް އަޅަންވީ، ޑޮކްޓަރުން އެތަންތަނަށް މަސައްކަތް ކުރުމަށް ވަޑައިގަންނަވަންވީ،" ކާބުލްގައި ހުންނަ، ސަރުދާރު މުހައްމަދު ދާވީދި ޚާން އަސްކަރީ ހޮސްޕިޓަލުގައި ހުންނަވައިގެން ޔައުގޫބް ވިދާޅުވެފައި ވެއެވެ.
ޔައުގޫބަކީ، ކުރިން ތާލިބާން ޖަމާއަތުގެ ބާރުގަދަ އަސްކަރީ ކޮމިޝަންގެ ވެރިޔާއެވެ.
ކޮމެންޓު ފޮނުވާ