ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ފުލުހުންގެ ވެހިކަމެއް ފުރޮޅާލައިފި

ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ފުލުހުންގެ ވެހިކަމެއް ފުރޮޅާލައިފި

Author
މުޙައްމަދު ޝަޒައިމް
27 އޮކްޓޯބަރ 2021 10:43
0

ލ.ގަމުގެ ލިންކު ރޯޑުގައި ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ފުލުހުންގެ ވެހިކަލެއް ފޮރޮޅާލައިފިއެވެ.

ފުލުހުންގެ މީޑިއާއިން ބުނެފައިވަނީ މިހާދިސާ ހިނގާފައިވާ ދުއްވާފައިދިޔަ ވެހިކަލް ބެންޑަކުން އަޅަން އުޅުމުގެ ތެރޭގައެވެ. އާންމުވެފައިވާ ވިޑިއޯއިން ފެންނަ ގޮތުން ވެހިކަލް ވަނީ ލިންކުރޯޑުގެ އަރިމަތީގައި އޮތް ގަސްތަކުގެ ތެރެއަށް ފުރޮޅާލާފައެވެ.

އެވަގުތު ވެހިކަލް ދުއްވަން އިނީ ލައިސަންސު އޮތް ފުލުހެކެވެ. ވެހިކަލް ދުއްވަން އިން ފުލުސް މީހާއަށް ލިބުނު އަނިޔާތަކަށް ގަމު ހޮސްޕިޓަލްގައި މިހާރު ގެންދަނީ ފަރުވާ ދެމުންނެވެ.

މި ހާދިސާއާއި ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.