ފުވައްމުލަކު ޓަރޝަރީ ހޮސްޕިޓަލުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ: ނައިބު ރައީސް

ފުވައްމުލަކު ޓަރޝަރީ ހޮސްޕިޓަލުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ: ނައިބު ރައީސް

Author
މުޙައްމަދު ޝަޒައިމް
26 އޮކްޓޯބަރ 2021 06:31
0

ފުވައްމުލައް ސިޓީގައި ސަރުކާރުން ތަރައްޤީކުރާ ޓަރޝަރީ ހޮސްޕިޓަލުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ، ފުވައްމުލައް ހޮސްޕިޓަލްގެ ލެބޯޓްރީއަށް އިތުރުކުރެވޭ ބައިގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައެވެ.

އެ މަނިކުފާނުގެ ވާހަކަފުޅުގައި، އަތޮޅާއި ރަށުގައި ތިބެގެން ފެންވަރު ރަނގަޅު ޚިދުމަތްތައް ފަސޭހަކަމާއެކު ހޯދައިދެއްވުމަކީ މުޅި ސަރުކާރަށް ކުރެވޭ އެންމެ މުހިންމު މަސައްކަތްކަމުގައި ސިފަކުރެއްވިއެވެ. އަދި މި ކުރެވޭ މަސައްކަތުގެ ނަތީޖާއަކީ ހޮސްޕިޓަލްތަކުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ތަފާތު ގިނަ މަސައްކަތްތައް މިހާރުވެސް ކުރެވެމުންދިއުން ކަމުގައި ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ރާއްޖޭގެ އުތުރުން ފެށިގެން އެންމެ ދެކުނަށް ބަލާލާއިރު، ހާއްސަކޮށް މަތީ ފެންވަރުގެ ޚިދުމަތްތައް ދޭ ހޮސްޕިޓަލުގެ ވަޞީލަތްތައް ވަރަށް ބޮޑުތަން މިހާރުވެސް އިތުރުކުރެވިފައިވާ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ފުވައްމުލަކު ހޮސްޕިޓަލުގެ އެކި ވަޞީލަތްތަކުގެ ދަތިކަން ހުރި މިންވަރު ވަޒަންކޮށް، އެ ހޮސްޕިޓަލަށް މި ވަގުތަށް މި އިތުރުކުރެވޭ ބައިގައި ލެބޯޓްރީގެ ދަތިކަމަށް ހައްލެއް ހޯދުމުގެ އިތުރުން ސްޕެޝަލިސްޓް އޯޕީޑީގެ ޚިދުމަތާ ސްޕެޝަލް ނީޑް ކުދިންނަށް ބޭނުންވާ ސްޕީޗް ތެރަޕީ ދިނުމަށް ޚާއްޞަ ބައެއް ހިމެނޭނެ ކަމުގައި ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޏ. އަތޮޅު ހޮސްޕިޓަލްގެ ލެބޯޓްރީ ޑިޖިޓަލައިޒްކޮށް، ޒަމާނީ ވަޞީލަތްތައް ޤާއިމް ކުރުމަށް ބޭނުންވާ ޖާގަ އިތުރުކުރުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވުމުގައި ބައިވެރިވެވަޑައިގަންނަވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ތ ތަރިކަ
ނާއޮތްދުވަހު ވަކަރު އަރުވާބަރުކުރަނީދޯ؟ ނާއިބް ރައީސް