"ޑިބޫކް"މި މަހުގެ 29 ގައި!

"ޑިބޫކް"މި މަހުގެ 29 ގައި!

އިމްރާން ހާޝިމީގެ ބިރުވެރި ފިލްމް "ޑިބޫކް" މި މަހުގެ 29 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރެމިއާކުރާން ނިންމައިފިއެވެ.

މި ފިލްމްގެ ޓްރެއިލާ ވެސް މިހާރު ވަނީ ދައްކާލައިފައެވެ. މީ 2017 ގެ މަލަޔާލަމް ފިލްމް "އެޒްރާ" އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމެކެވެ. މި ސުޕަރ ނެޗުރަލް ހޯރޯ ލިޔެ ޑައިރެކްޓް ކުރީ މިގެ އޮރިޖިނަލް ފިލްމް ވެސް ލިޔެ ޑައިރެކްޓުރި ޖަޔެ ކޭ އެވެ.

 

View this post on Instagram

 

A post shared by amazon prime video IN (@primevideoin)

މި ފިލްމުން އިމްރާނާއެކު ފެނިގެންދާނީ ޑްރާމާ ސީރީޒް ތަކުން މަޝްހޫރުކަން ހޯދާފައިވާ ނިކިތާ ދައްތާ އެވެ. މީގެ އިތުރުން ފިލްމުގެ ކާސްޓުގައި މާނަވް ކޯލް، ޔޫރީ ސޫރީ، ދަރުޝަނާ ބަނިކް، ވިޕިން ޝަރުމާ، ވިވާނާ ސިންގް އަދި ސުދޭވް ނައިރް ހިމެނެ އެވެ.

މި ފިލްމް އަކީ މިއަހަރު ރިލީޒް ކުރާ އިމްރާންގެ ތިންވަނަ ފިލްމެވެ. މިއަހަރު މިހާތަނަށް ވަނީ އިމްރާންގެ "ޗެހެރޭ"ގެ އިތުރުން "މުމްބާއީ ސާގާ" ރިލީޒް ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *