ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހިން މަދުކަން ފަހުމްވީ 3 އަހަރުން: މަލީހު

ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހިން މަދުކަން ފަހުމްވީ 3 އަހަރުން: މަލީހު

Author
މުޙައްމަދު ޝަޒައިމް
24 އޮކްޓޯބަރ 2021 11:04
0

ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހިން މަދުކަން ސަރުކާރަށް ފަހުމްވެފައިވަނީ ވެރިކަމިގެ ތިން އަހަރު ނިމުނު ފަހުންކަމަށް ކުރީގެ ކޮމިއުނިކޭޝަން އެންޑް ސައިންސް މިނިސްޓަރ މުޙައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީހު މިހެން ވިދާޅުވީ ދިވެހިރާއްޖެ އަށް އެއް ބޮޑު ފައިދާއެއް ލިބެނީ ފަތުރުވެރިކަމުގެ ދާއިރާ އިން ކަމަށްވީ ނަމަވެސް އެ ދާއިރާގެ މަތީ ފަންތީގައި ދިވެހިން ތިބީ ނިސްބަތުން މަދުން ކަމުގައި ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެ ދެއްކެވި ވާހަތަކާއި ގުޅިގެންނެވެ. މަލީހު ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރައަށް ދިވެހި ޒުވާނުން އުފެއްދުމަށް ސަރުކާރަށް ކުރެވުނު އެއްވެސް ކަމެއް ނެތްއިރު، އެދާއިރާގައި ދިވެހިން މަދުކަން ތިން އަހަރު ފާއިތުވަމުންދާއިރު އެގުނުކަމީ ހައިރާންވާ ކަމެއްކަމަށެވެ.

އެމްޑީޕީއަކީ އަބަދުވެސް ގަވަނެންސް ދަސްކުރަން ބޭބީ ނާސަރީން ފަށަންޖެހޭ ބަޔަކަށްވާއިރު މިފަދަ ކަންކަމުން އިތުރަށް އެކަން ހާމަވެގެންދާކަމަށް މަލީހު ވިދާޅުވިއެވެ.

3 އަހަރު ދުވަސް ނެގި ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހިން މަދުކަން ފަހުމްވާން. މިހާތަނަށް އިތުރުކުރަން ކުރެވުނު ކަންކަން ކިޔާދެވުނުނަމަ އެމްޑީޕީގެ ލާރނިންގ ކާވުގައި އެއީ ރަނގަޅު ސްޕީޑެއް. އެހެންވީމަ ބުނަން މިޖެހެނީ އެމްޑީޕީ ގަވަރނެންސް ދަސްކުރަން ފަށަން ޖެހެނީ ބޭބީ ނާސަރީއިންނޭ.

– މަލީހު ވިދާޅުވިއެވެ.

ވިލާ ކޮލެޖުގެ ސްޓޫޑަންޓް އެޗީވްމަންޓް އެވޯޑްސް ދިނުމުގެ ރަސްމިއްޔާތުގައި ރޭ ވާހަކަފުޅު ދައްކަވަމުން ނައިބް ރައީސް ވިދާޅުވީ ފަތުުރުވެރިކަމުގެ ދާއިރާގެ މަތީ ފަންތީގައި ދިވެހިން މަދުވުމުން އެފަދަ މަގާމުތަކަށް މީހުން ތަމްރީނުކުރުމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށެވެ. އަދި މަތީ ތައުލީމު ފޯރުކޮށްދޭ އިދާރާތަކުން އެކަަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް އިލްތިމާސް ކުރެއްވިއެވެ.

ފައިސަލް ނަސީމު ވިދާޅުވީ މި ސަރުކާރުން އެންމެ ބޮޑު ހޭދައެއް ކުރަނީ ވެސް ތައުލީމީ، ހުނަރުވެރި ފަންނީ ދަރިން އުފެއްދުމަށް ކަމަށެވެ. ތައުލީމީ ދާއިރާއަށް އެހާ ބޮޑު ސަމާލުކަމެއް ސަރުކާރުން ދެނީ ގައުމެއް ބިނާވެ ކުރިއަރައިދަނީ ތައުލީމީ ގާބިލް އުފެއްދުންތެރި ޖީލެއް އުފެދިގެން ކަމަށް ވާތީ ކަމަށެވެ. މި ސަރުކާރުން ތަރައްގީގެ އެއްވެސް މަސައްކަތެއް ނުހިނގާ އެއްވެސް ރަށެއް ނެތްކަން ފާހަގަކުރައްވާ ނައިބް ރައީސް ވަނީ އެ މަޝްރޫއުތައް ހިންގުމަށާއި، ރާއްޖޭގައި ތަރައްގީ ކުރާ އިދާރާތަކުގައި މަސައްކަތްކުރުމަށް ޓެކްނިކަލް ދާއިރާތަކުން ޒުވާނުން މަތީ ތައުލީމު ހާސިލްކުރުމަށް އެދިވަޑައިގެންފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޔ ޔޫނުސް
އަޅެ މި މީހާ މީ މީގެ ކުރިން ސަރުކާރުގެ މަގާމެއްގަ ނޫޅޭ މީހަކީތަ؟ މަލީހު އުމުރުން 3 އަހަރުތަ؟ 3 އަހަރުން ފަހުމްވިކަން ވެސް ރަނގަޅުތާ! މަލީހަށް ތިއުޅެނީ ފަހުމް ވީމަ ވެސް ފަހުމް ނުވެގެން މުޅިއުމުރު މަގާމަށް ބަކަ އެޅުމުގަ ވިއްޔަ
މަލީހަކީ ތާރީޚުހެކިދޭގޮތން އަބަދުވެސް ސަފުންބާކީވަމުން އަންނަމީހެކެވެ އެެފަދަމީހުން އަބަދުވެސް މޮޔަގޮވާލެއް ގިނވާނެއެވެ