މިނިސްޓަރ އިމްރާންގެ އިތުބާރު ނެތްކަމަށް ވައްދާނަން: ރާއީ

މިނިސްޓަރ އިމްރާންގެ އިތުބާރު ނެތްކަމަށް ވައްދާނަން: ރާއީ

Author
މުޙައްމަދު ޝަޒައިމް
22 އޮކްޓޯބަރ 2021 07:46
0

ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް ހޯމް މިނިސްޓަރ ޝައިޚު އިމްރާން އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާނެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ.

މަކުނުދޫގައި ރޭ ބަލި މީހަކު ބަރޯއެއްގައި މަރުކަޒަށް ގެންދިޔަ ފޮޓޯއާއިއެކު ބައެއް މީހުން ފޭސް ބުކްގައި ކޮށްފައިވާ ކޮމެންޓާއިއެކު ރާއީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިކަމަކީ ސަރުކާރު ކޯލިޝަންގައި އަދާލަތު ޕާޓީ އޮވެ އަދާލަތުން އިދިކޮޅޫ ފަރާތްތަކާއި ގުޅިގެން ހިންގި ކަމެއްކަމަށެވެ. އަދާލަތު މަސައްކަތް ކުރަނީ ސަރުކާރުގައި އޮވެ އެޕާޓީގެ ވަރުހުރިކަން ދެއްކުމަށް ކަމަށެވެ. ނަމަވެސް އެކަން ނުކުރެވޭނެކަމަށާއި، އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރުގެ އިތުބާރު ނެތްކަމށް ވައްދާނެކަމަށެވެ.

ސަރުކާރުގެ ކޯލިޝަން ތެރޭގައިތިވެ ލަދުގަންނަންޖެހޭ، އަދާލަތު ޕާތީ މެމްބަރުން ލައްވައި އަދި ސަރުކާރާއި ދެކޮޅު ފަރާތްތަކާއި ގުޅިގެން ސަރުކާރަށް ތިމާ ނިސްބަތްވާ ޕާޓޯގެ ބާރު ހުރިވަރު ދައްކަން މަސައްކަތް ކުރަނީ. އަދި ނޯކޮންފިޑެންސް ވައްދާނަން.

– ރާއީ ވިދާޅުވިއެވެ.

ނަމަވެސް މިނިސްޓަރ އިމްރާންގެ އިތުބާރު ނެތްކަމަށް ވައްދާނެ ދުވަހެއް ރާއީ ވިދާޅުއް ނުވެއެވެ. މިނިސްޓަރ އިމްރާންގެ އިތުބާރު ނެތްކަމަށް މީގެ ކުރިންވެސް ވައްދާނެކަމަށް ރާއީ ވަނީ ވިދާޅުވެފައެވެ. އަދި އިމްރާނަކީ އޭނާގެ ތާއީދު ނެތް މިނިސްޓަރެއްކަމަށް ތަކުރާރުކޮށް މަޖިލީހުގައި ދަނީ ވިދާޅުވަމުންނެވެ. ރާއީ ވަނީ މިނިސްޓަރ އިމްރާން އޭނާގެ ދާއިރާގެ ތަރައްޤީއަށްވެސް ހުރަސް އަޅާކަމަށް ވިދާޅުވެފައެވެ. އަދި އެހެން ވަޒީރުންނަށް ގުޅައިގެންވެސް ތަރައްޤީއަށް ހުރަސް އަޅަން މަސައްކަތް ކުރާކަމަށް ރައީ ވަނީ ވިދާޅުވެފައެވެ.

މަކުނުދޫއަށް މުޅިން އައު އެމްބިއުލާންސެއް ފޮނުވަން ވަނީ ހަމަޖެހިފަ: ރާއީ

ރައީ ނިސްބަތްވާ މަކުނުދޫ ދާއިރާއަކީ އަދާލަތު ޕާޓީއަށް ތާއީދު ބޮޑު ދާއިރާއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.