ކާށިދޫ ކަނޑަށް ގެއްލުނު 22 އަހަރުގެ ޒުވާނާ ފަތާފައި ކާށިދުއަށް އަރައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ކަނޑަށް ވެއްޓުނުތާ ގިނަ އިރުތަކެއް ނުވެ އޭނާ ވަނީ ފަތާފައި ގޮސް ކާށިދުއަށް އަރާފައެވެ. އެމްއެންޑީއެފްއިން ވިދާޅުވީ މޫދަށް ވެއްޓިގެން ގެއްލިގެން ހޯދަމުންދަނީ މާލެއިން ފުރައިގެން ބ. އަތޮޅަށް ދަތުރުކުރަމުން ދިޔަ ދޯންޏެއްގައި ހުރި ޒުވާނެއްކަމަށެވެ.
އެޒުވާނާ ވެއްޓުނީ ކާށިދޫ ކަނޑާއި 6 ނޯޓިކަލް މޭލު ބޭރުން ކަމަށެވެ. އޭނާ ލައިގެން ހުރީ ކަޅު ކުލައިގެ ޓީޝާޓަކާއި އަޅިކުލައިގެ ޓްރެކް ޝޫޓެކެވެ.
އޭނާ ގެއްލިގެން ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 11:00 ޖަހަނިކޮށްކަމަށެވެ.
ކޮމެންޓު ފޮނުވާ