މާލޭގެ ޕްރީ ސްކޫލެއްގައި 4 އަހަރުގެ ދަރިވަރަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް

މާލޭގެ ޕްރީ ސްކޫލެއްގައި 4 އަހަރުގެ ދަރިވަރަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް

Author
މުޙައްމަދު ޝަޒައިމް
16 އޮކްޓޯބަރ 2021 03:49
0

މާލޭގެ ޕްރީސް ސްކޫލެއްގައި ކިޔަވަމުން ދިޔަ ދަރިވަރަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

މިކަމާ ގުޅިގެން ފުލުހުންނާ ސުވާލުކުރުމުން މީޑިއާ އޮފިސަރު ވިދާޅުވީ މާލޭގެ ސްކޫލެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އޮފިސަރު ވިދާޅުވީ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށާއި އެކަމަކު އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.

އަދި އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. ޖިންސީ ގޯނާގެ ޝިކާރަ އަކަށްވީ ހަތަރު އަހަރުގެ އަންހެން ކުއްޖެކެވެ. އެ ކުއްޖާ އަށް ޖިންސީ ގޯނާކުރީ އެ ސްކޫލުގައި މަސައްކަތް ކުރާ އަންހެނެކެވެ. ކުއްޖާ އަށް ޖިންސީ ގޯނާކުރީ އެ ކުއްޖާ ފާހާނާ އަށް ދިޔަ ވަގުތު ކަމަށް މައުލޫމާތު ލިބެއެވެ.

މާލޭގެ ސްކޫލެއްގެ ދަރިވަރަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވިއިރު، އުތުރުގެ އަތޮޅުގެ ރަށެއްގައި 11 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެް ފެންމަތިވެ، އެ މައްސަލައިގައި މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.