"ދަ ބިގް ޕިކްޗާ" ރޭ ދައްކަން ފަށައިފި

"ދަ ބިގް ޕިކްޗާ" ރޭ ދައްކަން ފަށައިފި

Author
ފާތިމަތު ނާވީ
17 އޮކްޓޯބަރ 2021 12:35
0

ޓީވީ ޝޯވ ހުށައެޅުމުގެ ދާއިރާއަށް މުޅިން އަލަށް ނުކުއިތް، ބޮލީވުޑްގެ ކުޅަނާދަ އެކްޓަރ ރަންވީރު ސިންގްގެ "ދަ ބިގް ޕިކްޗާ" ރޭ ދައްކަން ފަށައިފިއެވެ.

ކަލާސް ޗެނަލްގެ މި ރިއަލަޓީ ޝޯވ ގެނެސްދިނުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފްތާއެއްގެ ހޮނިހިރު އަދި އާދިއްތަ ދުވަހުގެ ރޭ ރާއްޖޭ ގަޑިން 7:30 ގައެވެ.

 

View this post on Instagram

 

A post shared by ColorsTV (@colorstv)

ފައިސާގެ ބޮޑެތި އިނާމުތަކެއް ހުށައެޅިފައިވާ މި ކުއިޒް ޝޯވ އަކި ރަންވީރުގެ އަލަތު ޓިވީ ޝޯވއެވެ. މިހާރު ވެސް ބޮލީވުޑް ގެ އޭ ލިސްޓް ގެ ތަރިން ޝޯވތައް ހުށައަޅައިދެއެވެ. އެގޮތުން އަމީތާބް ބައްޗަން އަދި ސަލްމާން ޚާން ފާހަގަ ކޮށްލެވެއެވެ.

ރަންވީރު މީގެ ކުރިން ވަނީ ބައެއް އެވޯޑް ޝޯވތައް ހުށައަޅައިދީފައެވެ. އެހެން ކަމުން އޭނާގެ ހުށައެޅުން ކޮންމެވެސް ވަރަކަށް ބެލުން ތެރިންނަށް އަންދާޒާ ކޮށްލެވޭނެއެވެ.

 

View this post on Instagram

 

A post shared by ColorsTV (@colorstv)

ރަންވީރަކީ ވަރަށް މަޖާ ސަކަރާތްގަނޑު ބޮޑު މިޒާޖެއްގެ މީހެއްކަމަށް ވުމާއި ސޯވގައި އެންމެ ބޮޑު އިނާމަކަށް 50 މިލިއަން އިންޑިއާ ރުޕީސް ހޯދުމުގެ ފުރުސަތު އޮތުމުން މި ޝޯވ ބެލުންތެރިންނަށް ވަނީ ވަރަށް ކަމުގޮސްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.