ނަޞްރުގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ރިހާސަލްގައި މިރޭ ބަޑި ޖަހަނީ!

ނަޞްރުގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ރިހާސަލްގައި މިރޭ ބަޑި ޖަހަނީ!

Author
މުޙައްމަދު ޖިމީ
01 ނޮވެމްބަރ 2020 03:02
0

ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ހަރަކާތްތަކުގެ ރިހާސަލްގައި މިރޭ ބަޑިޖެހުމުގެ ހަރަކާތެއް ކުރިއަށް ދާނެކަމަށް ޤައުމީ ދިފާޢީ ބާރު، އެމްއެންޑީއެފް އިން ބުނެފިއެވެ.

ނަޞްރުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހެވެ.  އެގޮތުން އެދުވަސް ފާހަގަކުރުމަށް 3 ނޮވެމްބަރުގެ ހަނދާނީ ބިނާ ސަރަޙައްދުގައި ޚާއްޞާ ހަރަކާތްތަކެއް އަންނަނީ ބާއްވަމުންނެވެ. އޭގެތެރޭގައި، ހަނދާނީ ބިނާގައި ދިދަޖަހައި ގާޑުމައުންޓްކުރުމާއި، ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގައި ޝަހީދުވި މީހުންގެ ހަނދާނުގައި ހަތްބަޑީގެ ސަލާމެއް އަރުވައި ހިމޭންކަމުގެ ސުކޫތެއް ގެނެއެވެ.

މިއަހަރުވެސް ތިނެއް ނޮވެމްބަރު ހަނދާނީ ބިނާ ސަރަައްދުގައި ހަރަކާތްތަކެއް ބޭއްވުމަށް ހަމަޖެހިފައވާއިރު، އެހަރަކާތްތަކުގެ ރިހާސަލް މިރޭ ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. އެގޮތުން މިރޭ 21:00 ގައި ބާއްވާ ރިހާސަލް ހަރަކާތުގައި ބަޑި ޖެހުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

 

3 ނޮވެމްބަރުގައި ފާހަގަކުރާ ނަޞްރުގެ ދުވަހަކީ، 1988 ވަނަ އަހަރު ސްރީލަންކާގެ ބާޣީ ޖަމާއަތެއްކަމަށްވާ "ޕްލޯޓް"ގެ މައްޗަށް ދިވެހިން ހޯދި ކާމިޔާބީ ފާހަގަކުރުމަށް، ފާހަގަކުރާ ދުވަހެކެވެ. ނޮވެމްބަރު 3ގެ 18 ގަޑިއިރަށް ދެމިގެންދިޔަ މި ހަމަލާތަކުގައި، ކުށެއްނެތް 11 ދިވެހި ދަރީންނާއި، ދިވެހި ސިފައިންގެ ހިތްވަރުގަދަ 8 ބޭކަލުން ޝަހީދުވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.