ބައްދަލު ވުމެއްގައި އިންނަވަނިކޮށް، ވަޅިން ހަމަލާދީ އިނގިރޭސި ގާނޫނުހަދާ މަޖިލިހުގެ މެމްބަރަކު މަރާލައިފި

ބައްދަލު ވުމެއްގައި އިންނަވަނިކޮށް، ވަޅިން ހަމަލާދީ އިނގިރޭސި ގާނޫނުހަދާ މަޖިލިހުގެ މެމްބަރަކު މަރާލައިފި

Author
ހުސެއިން
15 އޮކްޓޯބަރ 2021 08:05
0

އިނގިރޭސި ގާނޫނު ހަދާ މަޖިލިހުގެ މެމްބަރެއް ކަމުގައިވާ ސާރ ޑޭވިޑް އަމެސް، އޭނާގެ ދާއިރާގައި، ލަންޑަނުގެ އިރުމަތީ އަވަށެއްގައި ބައްދަލުވުމެއްގައި އިންނަވަނިކޮށް، އޭނާއަށް ވަޅިން ހަމަލާދީ، ގައިގެ އެތައް ތަނަކަށް ވަޅި ހަރާ އޭނާ މަރާލައިފިއެވެ.

ފުލުހުންގެ ފަރާތުން މައުލޫމާތު ދީފައިވަނީ، ޑޭވިޑަށް ހަމަލާ ދިނުމުގެ ތުހުމަތުގައި 25 އަހަރުގެ މީހަކު ވަނީ މިހާރު ހައްޔަރު ކުރެވިފައެވެ. ޑޭވިޑަށް ވަޅިން ހަމަލާ ދީފައިވަނީ، އޭނާ ޗާޗެއްގައި މީހުންނާ ބައްދަލު ކުރަމުން ދަނިކޮށެވެ.

އަދި ފުލުހުންގެ ފަރާތުން ހާމަ ކޮށްފައިވަނީ، ޑޭވިޑަށް ހަމަލާ ދިނުމަށް ބޭނުންކުރި ވަޅިވެސް މިހާރު ހޯދާފައިވާ ކަމަށާއި، އަދި މިވަގުތު އިތުރު މީހަކު ހޯދުމުގެ މަސައްކަތްވެސް ކުރަމުން ނުދާ ކަމުގައެވެ.

އިނިގިރޭސިވިލާތުގެ ގާނޫނުހަދާ މަޖިލީހުގެ އެންމެ ތަޖުރިބާކާރު އެއް މެމްބަރު ކަމަގައިވާ، އުމުރުން 69 އަހަރުގެ ސަރ ޑޭވިޑްއަކީ 1983 ވަނަ އަހަރުން ފެށިގެން ގާނޫނު ހަދާ މަޖިލިހުގެ މެމްބަރުކަން ކުރައްވަމުން ގެންދަވާ ބޭފުޅުކެވެ. އޭނާގެ އަންބަކާ 5 ކުދިން އެބަތިއްބެވެ.

ޑޭވިޑް އޭނާގެ ދާއިރާގެ މީހުންނާ ބައްދަލު ކުރަމުންދިޔަ ޗާޗުގެ ބޭރުގައި ފުލުހުން ފޯރި މަރަނީ

ޑޭވިޑަށް މީހަކު ވަޅިން ހަމަލާ ދިންއިރު، އޭނާ ގެންދެވީ އޭނާގެ ދާއިރާގެ މީހުންނާއި، ބެލްފެއާސް މެތޮޑިސްޓް ޗާޗްގައި ބައްދަލު ކުރައްވަމުންނެވެ.

އިނގިރޭސިވިލާތުގެ އެސެކްސް ފުލުހުންގެ ފަރާތުން ބުނެފައިވަނީ، އިނގިރޭސިވިލާތުގެ މެދުރުގެ ގަޑިން 12:05ގައި މީހެއްގެ ގަޔަށް ވަޅި ހަރައިގެން އުޅޭކަމުގެ މައުލޫމާތު ލިބިގެން ފުލުހުން މިހާދިސާ ހިގި ސަރަހައްދަަށް ދިޔައިރު، ވަޅިން ހަމަލާދީ މީހަކު ޒަޚަމް ކޮށްލާފައިވާ ކަމަށެވެ.

އަދި އެމަޖެންސީ ސާވިސްއިން ވަގުތުން އޭނާއަށް ފަރުވާ ދީފައިވާ ކަމަށާއި އެހެންނަމަވެސް، ހަމަލާ ދިން ތަނުގައި ޑޭވިޑް މަރުވެފައިވާ ކަމަށެވެ.

ސާރ ޑޭވިޑް އަމެސްއަކީ، ފާއިތުވި 40 އަހަރު އިނގިރޭސިވިލާތުގެ ގާނޫނުހަދާ މަޖިލިހުގައި އިންނަވާފައިވާ ބޭފުޅެކެވެ. އޭނާ އެންމެ ފުރަތަމަ ގާނޫނުހަދާ މަޖިލިހަށް އިންތިޚާބު ވެވަޑައިގަތީ 1983 ވަނަ އަހަރު ބަސިލްޑަންގެ މެމްބަރެއްގެ ގޮތުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.