ބަޔާން އާއި ޑޯޓްމަންޑް މޮޅުވެ ތާވަލުގެ ކުރީގެ ޕޮއިންޓުގެ ގޮތުން ހަމަހަމަވެއްޖެ

ބަޔާން އާއި ޑޯޓްމަންޑް މޮޅުވެ ތާވަލުގެ ކުރީގެ ޕޮއިންޓުގެ ގޮތުން ހަމަހަމަވެއްޖެ

ގުޅުންހުރި

ޖަރުމަނު ބުންޑަސްލީގާގައި ރޭ ކުޅުނުމެޗު ބާޔާންމިއުނިކް ކާމިޔާބުކޮށް ލީގުގެ އެއްވަނައަށް ޖެހިލައިފިއެވެ.

ބަޔާންއަށް އެއްވަނަ ލިބުނީ މެޗަށް ކުރިން އެއްވަނައިގަ އޮތް ލީޕްޒީގް ރޭ އެޓީމުކުޅުނު މެޗުން ބަލިވުމުންނެވެ. ޑޯޓްމަންޑް ވެސް ވަނީ އެޓީމު ކުޅުނު މެޗު ކާމިޔާބުކޮށް ބަޔާންއާ ޕޮއިންޓުގެ ގޮތުން ހަމަހަމަކޮއްފައެވެ.

ރަށުން ބޭރުގައި ބަޔާންއިން ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ ކްލޯންއާ ވާދަކޮށް 2-1 ލަނޑުންނެވެ. މެޗުގެ ކުރީ ކޮޅު ތޯމަސް މުލާ ބަޔާންއަށް ލިބުނު ޕެނެލްޓީން ލީޑް ނަގައި ކުރި ހޯދިއިރު ލީޑް އިތުރަށް ފުޅާކޮއްދިނީ ސާޖް ނެބްރީގެ ލަނޑުންނެވެ. މިއީ މިސީޒަންގެ ލީގުގައި މުލާ ބަޔާންއަށް ކާމިޔާބުކޮށްދިން ހަތަރުވަނަ ލަނޑެވެ. ކުލޯންގެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑޮމިނިކް ޑްރެކްސެލާއެވެ.

ރޭ ލީގުގައި ބްރޫޝިޔާ ޑޯޓްމަންޑް ވަނީ އެޓީމު ކުޅުނު މެޗު ކާމިޔާބުކޮށް ލީޕްޒިގް ފަހަތަށް ޖައްސައި ތާވަލުގެ ދެވަނައަށް ޖެހިލާފައެވެ. ރަށުން ބޭރުގައި ޑޯޓްމަންޑް ކުރިހޯދީ އަރްމީނިޔާ ބެލަފޭލްޑްއާ ވާދަކޮށް 2-0 ލަނޑުން މެޗު ކާމިޔާބުކޮށްގެންނެވެ. މެޗުގެ ޑޯޓްމަންޑުން ކާމިޔާބުކުރި ދެލަނޑުވެސް ދެވަނަފާހްގައި ޖަހައިދިނީ މެޓްސް ހުމެލްސްއެވެ.

ރޭގައި ލީގުގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ލީޕްޒިގް ވަނީ ރަށުން ބޭރުގައި ބްރޫޝިޔާމޮހަލްބެޗް އަތުން ބަލިވެފައެވެ. އޮގްސްބާގުން މެއިންޒްގެ މައްޗަށް ކުރި ހޯދިއިރު އެންޓްރެޗް ފްރެންކްފާޓް އާއި ވާޑާބްރޭމަން ކުޅުނު މެޗު ނިމުނީ 1-1 ލަނޑުން އެއްވަރުވެގެންނެވެ.

މި ނަތީޖާ އެކު ލީގުގެ ކުރީގަ އޮތް ދެޓީމަށް ލިބެނީ ހަމެޗުން 15 ޕޮއިންޓެވެ. ލަނޑުގެ ތަފާތުން ބަޔާން މުނިކްއަށް އެއްވަނަ ލިބޭއިރު ދެވަނައިގަ އޮތީ ޑޯޓްމަންޑްއެވެ. ރޭގައި ބަލިވުމުން ލީޕްޒިގު ވަނީ ތާވަލުގެ ތިންވަނައަށް ވެއްޓިފައެވެ. ހަތަރުވަނާއިގަ އޮތީ ބްރޫޝިޔާ މޮންހެލްބެޗްއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *