ކޯޓުގެ ނިންމުމުން ކަނޑުފޭރުމާއި، މަގުފޭރުން ވަރިހަމަ ވެއްޖެ: އަލީ ނިޒާރު

ކޯޓުގެ ނިންމުމުން ކަނޑުފޭރުމާއި، މަގުފޭރުން ވަރިހަމަ ވެއްޖެ: އަލީ ނިޒާރު

Author
މުޙައްމަދު ޝަޒައިމް
01 ނޮވެމްބަރ 2020 11:28
0

ރާއްޖޭގެ އަދުލު އިންސާފު ޤާއިމްކުރަން ތިބި ކޯޓުތަކުން މަގު ފޭރުމާއި، ކަނޑުފޭރުމަކީ ވަރިހަމަކަމަކަށް ހަދައިފިނަމަ ދެން އޮތީ އަމިއްލައަށް ދިފާއުވުން ކަމުގައި އައްޑޫ ސިޓީގެ މޭޔަރުގެ މަޤާމަށް ވާދަކުރައްވާ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

މަސް ދޯންޏަކަށް ތޫނު އެއްޗިއްސާއެކު އެރި މައްސަލައިގައި ހައްޔަރު ކުރި އެންމެން ކޯޓުން ދޫކޮށްލި މައްސަލަގައި ކަންބޮޑުވުން ފާޅުކުރަމުން އަލީ ނިޒާރު ވިދާޅުވީ މިއީ މަސްވެރިންނަށް އޮތް ވަރަށް ބޮޑު ބިރެއްކަމަށެވެ. މަސްވެރިން މަހަށް ނިކުންނައިރު ހަތިޔާރާއިއެކު މަހަށް ދާންޖެހޭފަދަ ސިގުނަލެއް ކޯޓުތަކުން ދިނުމަކީ ވަރަށް ދެރަކަމެއްކަމަށް އަލީ ނިޒާރު ވިދާޅުވިއެވެ.

ކޯޓުތަކަށް މަގު ފޭރުމާއި ކަނޑުފޭރުން ވަރިހަމަ ވެއްޖެނަމަ ދެން ހައްލަކީ އަމިއްލައަށް ދިފާއުވުން. މަސް ވެރިން އަމިއްލައަށް ދިފާއުވާން ހަތިޔާރާއިއެކު ދޯންޏަށް ލާންޖެހެނީބާ؟

– އަލީ ނިޒާރު

މަސް ދޯންޏަކަށް ތޫނު އެއްޗިއްސާއެކު އެރި މައްސަލައިގައި ހައްޔަރު ކުރި އެންމެން ކޯޓުން ދޫކޮށްލި މައްސަލަ އިސްތިއުނާފް ކޮށްދިނުމަށް ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހަށް ފުލުހުން ވަނީ ހުށައަޅައިފައެވެ. ފުލުހުން ވިދާޅުވީ މި މައްސަލައިގައި މިހާތަނަށް ޖުމުލަ 16 މީހުން ހައްޔަރުކުރިއިރު އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން އެމީހުން ދޫކޮށްލާފައިވާކަމަށެވެ. ދޯންޏަކަށް ތޫނު އެއްޗިއްސާއެކު ބަޔަކު އެރި މައްސަލަ އަކީ ފުލުހުން ތަޙްޤީގު ކުރަމުންދާ މައްސަލައެއްކަމަށާއި މި މައްސަލައިގައި ވަށައިގެންވާ ހުރިހާކަމެއްވެސް ތަޙްޤީގުގެ ތެރެއިން ބަލާނެކަމަށް ފުލުހުން ވިދާޅުވެއެވެ.

މި މައްސަލައިގައި ޤާނޫނާއި ޤަވައިދާ ޚިލާފަށް ނުވަތަ މިފަދަ ކަންކަމުގައި ފުލުހުން އަމަލުކުރާ އުޞޫލްތަކާ ޚިލާފަށް އެއްވެސް ކަމެއް ގޮސްފައިވާނަމަ އެކަމެއް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާރސް ކޮމާންޑަށް ނުވަތަ ނެޝަނަލް އިންޓަރ ގްރެޓީ ކޮމިޝަނަށް ހުށައެޅުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. ފަސްކުރި ދޯންނަށް ބަޔަކު އަރާފައިވަނީ، ދޯނި ގަތް ފަރާތުން ދޯނި ގަތް އަގަށްވާ ފައިސާ ދައްކަމުން ނުދާކަމަށް ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.