ރަޝިއާގެ މަތިންދާބޯޓެއް ވެއްޓި 19 މީހަކު މަރުވެއްޖެ

ރަޝިއާގެ މަތިންދާބޯޓެއް ވެއްޓި 19 މީހަކު މަރުވެއްޖެ

Author
ހުސެއިން
10 އޮކްޓޯބަރ 2021 03:21
0

ރަޝިއާގެ ޓަޓަރސްތާން ސަރަހައްދުގެ ސިޓީއެއްގެ ކައިރިއަށް ރަޝިއާގެ L-410 މަރުކާގެ މަތިންދާ ބޯޓެއް ވެއްޓި 19 މީހަކު މަރުވެ 3 މީހަކު ޒަޚަމްވެފައިވާ ކަމަށް ރަޝިއާގެ RIA ނިއުސް އޭޖެންސީން ރިޕޯޓު ކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މަތިންދާ ބޯޓުގައި ދަތުރު ކުރަމުންދިޔައީ ވައި ކުޑައިގައި އުދުހޭ މީހުންގެ ގުރޫޕެކެވެ. ރަޝިއާގެ އެމެޖެންސީ މިނިސްޓްރީއާ ހަވާލާދީ TASS ނިއުސް އޭޖެންސީން ރިޕޯޓު ކޮށްފައިވާ ގޮތުގައި މަތިންދާ ބޯޓު ވެއްޓުނު ސަރަހައްދުން ދިރި ތިއްބާ 7 މީހަކުވަނީ ސަލާމަތް ކޮށްފައެވެ.

ވެއްޓިފައިވާ L-410 ޓާބޯލެޓް މަރުކާގެ، ދެ އިންޖީނުގައި، ކުރު ރާސްތާ އުދުހުންތައް އުދުހޭ މަތިންދާ ބޯޓެކެވެ. ރަޝިއާއިން ދާދިފަހުން އެގައުމުގެ އޭވިއޭޝަން ސްޓޭންޑާޑް އަލުން މުރާޖައާ ކޮށްފައިވި ނަމަވެސް، އުމުރުން ދުވަސްވެފައިވާ މަތިންދާ ބޯޓުތައް އެގައުމުގެ ދުރު ސަރަހައްދުތައް ވެއްޓުމަކީ އާންމު ކަމެކެވެ.

ދުވަސްވެފައިވާ An-26 އެންޓޮނޯވް މަރުކާގެ ކާގޯ މަތިންދާ ބޯޓެއް ފާއިތުވެދިޔަ އޮގަސްޓްމަހުވެސ ރަޝީއާގެ އިރުމަތީ ދުރު ސަރަހައްދަކަށް ވެއްޓި 6 މީހަކުވަނީ މަރުވެފައެވެ. އަދި ފާއިތުވި ޖުލައިމަހުވެސް An-26 އެންޓޮނޯވް މަރުކާގެ ބޯޓެއް ވެއްޓި އެ ބޯޓުން ދަތުރުކުރި 28 މީހަކު ވަނީ މަރުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.