ހިޔާ ފްލެޓްގައި ފުރަތަމަ ފިހާރަ ހުލުވައިފިއެވެ. އެ ފިހާރަ ހުލުވާފައިވަނީ ހިޔާގެ 12 ވަނަ ޓަވަރުގެ ތިރީ ފަންގިފިލާގައެވެ.
'އެޗް.ސީ.ޔޫ މާޓު’ގެ ނަމުގައި ހިޔާ ފްލެޓުގައި ހުޅުވާފައިވަނީ ކާބޯތަކެތި ވިއްކާ ފިހާރައެކެވެ. ހިޔާ ފްލެޓްގައި މީހުން އާބާދުވާން ފަށާފައިވާއިރު، މި ފިހާރައިގެ ސަބަބުން އެ ފްލެޓްތަކުގައި ދިރިއުޅޭ މީހުންނަށް ފަސޭހެވާނެއެވެ.
ހިޔާ ފުލެޓުތަކުގައި މިހާރު މީހުން އާބާދުވަމުން ދާއިރު ، 12 ވަނަ ޓަވަރުގެ ތިރީ ފަންގިފިލާގައި އެޗް.ސީ.ޔޫ މާޓުގެ ނަމުގައި ފުރަތަމަ ފިހާރަ ހުޅުވައިފި. pic.twitter.com/5txRfMS0NG
— HDC (@hdcmaldives) October 10, 2021
އެޗްޑީސީން ބުނެފައިވަނީ ހިޔާ ފްލެޓްގައި ސުޕަރ މާކެޓެއް ހުޅުވުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށެވެ. އެޗްޑީސީން ބުނީ، ތިން ސުޕަމާކެޓެއް ޤާއިމްކުރުމަށް އެގްރިމެންޓުގައި ސޮއިކުރެވިފައިވާކަމަށެވެ. ހިޔާ ފްލެޓްގައި ކްލިނިކާއި ފާމަސީވެސް ހެދުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށް އެޗްޑީސީން ބުންޏެވެ. އެތަންތަންވެސް ހުޅުވުމަށް ހަމަޖެހިފައި ވަނީ 12 ވަނަ ޓަވަރުގައެވެ.