އިދިކޮޅު ޕީޕީއެމް/ޕީއެންސީން އިސްވެ މިހާރު ތައްޔާރު ކުރަމުންދާ "އިންޑިއާ މިލިޓަރީ އައުޓް" ޕެޓިޝަންގައި މާލެ ސިޓީގެ މައްޗަންގޮޅި މެދު ދާއިރާގެ އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރު އަޙްމަދު ޒަމީރު ސޮއިކުރެއްވުމަށްފަހު ސޮއި އަނބުރާ ގެންދަވައިފިއެވެ. ސޮއި އަނބުރާ ގެންދަވާފައިވަނީ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އެކަމާއި ނުރުހޭތީކަމަށްވެސް ޒަމީރު ވިދާޅުވިއެވެ.
ސޮއި އަނބުރާ ގެންދެވުމަށްފަހު ޒަމީރު ވިދާޅުވީ، "އިންޑިއާ އައުޓް' ނަމުގައިހިންގި ޕެޓިޝަންގައި ފާޅުކޮއްފައިހުރި ކަންބޮޑުވުންތަކާއިމެދު އާންމުކޮށް ވާހަކަދެކެވި އެކަންތައްތައް ހަގީގަތުގައި އޮތްގޮތް ރައްޔިތުންނަށް ސާފުވުމަކީ މުހިންމުކަމެއްކަމަށް
ދެކޭތީ، އިންޑިއާ އަބަދުވެސް ދިވެހިރާއްޖޭގެ އެންމެގާތް އަވަށްޓެރިޔާ، ޕެޓިޝަންގެ ޒަރީއާއިން ހާސިލްކުރުމަށް އޭނާ އުންމީދުކުރި ނަތީޖާއަކީ ބައެއްރައްޔިތުންގެ ހިތްތަކުގައިއޮތް ނުތަނަވަސްކަމަށް ޖަވާބުހޯދުމާއި ކިލަނބުކަންފިލުވާލުންކަމަށެވެ. އެހެންނަމަވެސް އެޕެޓިޝަންގައި ސޮއިކުރިކުރުމަކީ ދާއިރާގެ އެމްޕީ (އެމްޑީޕީގެ ރައީސް) ރައީސް ނަޝީދު ނުރުހޭ ކަމަކަށްވާތީ އެޕެޓިޝަންގައި ކުރި ސޮއިކުރިކުރުން އަބުރާ ގެންގޮސްފައިވާކަމަށްވެސް ޒަމީރު ވިދާޅުވިއެވެ.
މި ޕެޓިޝަންގައި ސޮއި ކުރި ކުރިމަށް@MDPSecretariat
އެއްޗެއް ނުބުނި ކަމިގައިވިޔަސް އަޅުގަނޑުގެ ދާއިރާގެ އެމްޕީ (ޕާޓީ ގެ ރައީސް) @MohamedNasheed
ނުރުހޭކަމަކަށްވާތީ އެ ޕެޓިޝަންގައި އަޅުގަނޑު ސޮއި ކުރިކުރުން އަބުރާ ގެނެސްފިން . https://t.co/JktHuursAn pic.twitter.com/yakIEVaO2M— إنصاف (@AhmedXamyr) October 10, 2021
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ މި ޕެޓިޝަނުގައި ސޮއި ކުރުން މާލޭގެ އެކި ސަރަޙައްދުތަކުގައި އިއްޔެ ވެސް ވަނީ ކުރިޔަށް ގެންގޮސްފައެވެ. އެގޮތުން، އިއްޔެ ކުރިޔަށްދިޔަ ހަރަކާތެއްގެ ތެރެއިން، ޒަމީރުވަނީ އެ ސަރަޙައްދަށް ވަޑައިގެން ޕެޓިޝަންގައި ސޮއި ކުރައްވާފައެވެ.
މިކެމްޕެއިންގައި މާލެ އާއި އަތޮޅު ތެެރޭގެ ގިނަ ބަޔަކު ދަނީ ބައިވެރިވެ ޕެޓިޝަންގައި ސޮއި ކުރަމުންނެވެ. އިންޑިއާ ސިފައިން ރާއްޖެއިން ފޭވުބަށް ގޮވާލައި ގިނަ ބަޔަކުޔު ދަނީ ނުރުހުން ފާޅު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ