އިޚްލާސްތެރި ޕާޓީ އުފައްދަން ދިން ހުއްދަ ބާތިލްކޮށްފި

އިޚްލާސްތެރި ޕާޓީ އުފައްދަން ދިން ހުއްދަ ބާތިލްކޮށްފި

Author
މުޙައްމަދު ޝަޒައިމް
05 އޮކްޓޯބަރ 2021 02:38
0

"އިޚްލާސްތެރި ޕާޓީ މޯލްޑިވްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދިނުމަށްފަހު އެ ހުއްދަ އަނބުރައި އިލެކްޝަނުން ބާތިލް ކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހުއްދަ ބާތިލް ކޮށްފައިވަނީ ޕާޓީ އުފައްދަން ބޭނުންވި ފަރާތުން އެކަމަށް އެދި ހުށަހެޅުމުންނެވެ. އިލެކްޝަނުން ވަނީ މިއަދު ހުއްދަ ބާތިލް ކުުރިކަން އަންގާފައެވެ. މ.ކެލަން, މުޙައްމަދު އިސްމާޢީލަށް "އިޚްލާސްތެރި ޕާޓީ މޯލްޑިވްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދީފައިވަނީ މިމަހުގެ 3 ވަނަ ދުވަހުއެވެ.

މުޙައްމަދު އިސްމާއިލްއަކީ ސަރުކާރުގައި 35 އަހަރު ޚިދުމަތް ކުރަމުންދާ ބޭފުޅެއްކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އޭނާ މަސައްކަތް ކުރަމުންދަދަނީ ހައުސިން މިނިސްޓްރީގައެވެ.

ރާއްޖޭގައި މިހާރުވެސް 10 ސިޔާސީ ޕާޓީ އެބައޮތެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.