ސާފް ޗެންޕިއަންޝިޕް ފެށޭއިރު މިނިސްޓަރ ނެތުމަކީ ފަޅުކަމެއް: އާދަމް ޝަރީފް

ސާފް ޗެންޕިއަންޝިޕް ފެށޭއިރު މިނިސްޓަރ ނެތުމަކީ ފަޅުކަމެއް: އާދަމް ޝަރީފް

މިއަދު ސަރަހައްދީ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ސާފް ޗެންޕިއަންޝިޕް ފަށާއިރު، ޔޫތު މިނިސްޓަރު ނެތުމަކީ މުބާރާތަށް އޮތް ވަރަށްބޮޑު ފަޅު ކަމެއްކަމުގައި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

މިއަދު ސާފް ޗެންޕިއަންޝިޕް މުބާރާތް ފަށާއިރު މިނިސްޓަރ މަހުލޫފް ހުންނެވީ ސަސްޕެންޝަނުގައެވެ. މިނިސްޓަރ ސަސްޕެންޝަނުގައި ހުންނަވާތާ ގާތް ގަނޑަކަށް ތިން މަސްދުވަސް ވަނީ ވެފައެވެ. އާދަމް ޝަރީފް ވީދާޅުވީ ކުޅީވަރުގެ ވަޒީރު މަސައްކަތުން އެކަހެރިކޮށް ސަސްޕެންޝަނުގައި ބަހައްޓާފައި މިފަދަ ބޮޑު މުބާރާތެއް ބާއްވާކަމީ ނުހަނު ކަންބޮޑުވާކަމެއްކަމަށެވެ. އަދި މިއީ މިފަދަ ބޮޑު މުބާރާތަކަށް ވަރަށް ބޮޑަށް ހިޔަނި އެޅިގެންދާ ކަމެއްކަމަށް އާދަމް ޝަރީފް ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ މަޚުލޫފް ވާނުވާގައި ބަހައްޓާފައި ހުންތާ 3 މަސް ވަނީ! މިހާ ގިނަ ދުވަސް ވަޒީރަށް ޒިންމާ އަދާ ނުކުރެވޭ ގޮތަށް ބެހެއްޓުމަކީ ޔޫތު މިނިސްޓްރީއަށް ވަމުންދާ ވަރަށްބޮޑު އިހުމާލެއް! ސާފް ޗެންޕިއަންޝިޕް ފެށޭއިރު މިނިސްޓަރ ނެތުމަކީ ފަޅުކަމެއް.

– އާދަމް ޝަރީފް ވިދާޅުވިއެވެ.

ސަސްޕެންޝަނުގައި ހުންނެވި ނަމަވެސް މުބާރާތުގެ ފޯރި ގެނައުމަށް މަހުލޫފް ގެންދަވަނީ އަމިއްލަ ފުޅަށްވެސް އެކި ހަރަކާތްތައް ކުރިއަށް ގެންދަވަމުންނެވެ. އެގޮތުން އިއްޔެ ހަވީރުވެސް މާލޭގެ ޒުވާނުންގެ ބޮޑު ސައިކަލު ބުރެއްވެސް ވަނީ ބާއްވާފައެވެ.

ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފުގެ މައްޗައް އުފުލާފައިވާ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ދައުވާ އުފުލައިދޭން، ޕީޖީ އޮފީހުން ބޭނުންވާ އިދާރީ ކަންކަން ފުރިހަމަވުމުން އެކަމުގައި ގޮތެއް ނިންމަވާނެކަމަށް ޕޮރޮސިކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވަނީ ވިދާޅުވެފައެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި މިިނިސްޓަރ މަހްލޫފްގެ މައްޗަށް ދެ ދަޢުވާއެއް ކުރުމަށް އޭސީސީން ވަނީ ފޮނުވާފައެވެ. އެއީ ރިޝްވަތު ނެގިކަމުގެ ދައުވާއަކާއި ދޮގު މައުލޫމާތު ދިނުމުގެ ދައުވާއެކެވެ. މިމައްސަލައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ އޭނާ މަޤާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

Leave a Reply

Your email address will not be published. Required fields are marked *