17 އަހަރުގެ ކުއްޖަކަށް ސްކޫލެއްގެ ޓީޗަރަކު ޖިންސީ ގޯނާކުރި މައްސަލައެއް ބަލަން ފަށައިފިއެވެ.
އެ މައްސަލާގައި ތުހުމަތު ކުރެވޭ ޓީޗަރު މިވަގުތު ހުރީ 30 ދުވަހުގެ ސަސްޕެންޝަނެއްގައެވެ. ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރެވެނީ އިންޑިއާ ޓީޗަރަކަށެވެ. އަދި ޖިންސީ ގޯނާ ލިބުނީ ގްރޭޑް 10 ގެ ދަރިވަރަކަށެވެ.
ފުލުހުން މިއަދު ވިދާޅުވީ، ދެކުނުގައި ހިމެނޭ ރަށެއްގައި 17 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް މިދިޔަ އޮގަސްޓް މަހުގެ 23 ވަނަ ދުވަހު އެއިދާރާއަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މި މައްސަލަ މިހާރު ތަހްގީގުކުރަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މިމައްސަލާގައި އެޑިއުކޭޝަން މިނިސްޓްރީވެސް ވަނީ މިހާދިސާ ހިނގައިގެން އުޅޭކަން ކަށަވަރުކޮށް ދެއްވާފައެވެ. އަދި މިކަމުގައި ތުހުމަތު ކުރެވޭ ޓީޗަރާއިމެދު މިހާރު ފިޔަވަޅު އަޅާފައިވާކަމަށް ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ