ސްޓެލްކޯއަކީ މިހާރު ޓެކްނޮލިޖީއާއެކީ ކުރިޔަށްދާ ކުންފުންޏެއް ކަމުގައި ސްޓެލްކޯގެ އެމްޑީ ހަސަން މުޢުނީ ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީން ގެނެސްދިން ޚަބަރަށްފަހު ޕްރޮގާމްގައި ވާހަކަ ދައްކަމުން ސްޓެލްކޯގެ އެމްޑީ މުޢުނީ ވިދާޅުވީ ޓެކްނޮލޮޖީއަށް ކުރަންޖެހޭ އިންވެސްޓަމަންޓްތަކަކީ ވަރަށް ބޮޑު އިންވެސްޓްމަންޓް ތަކެއް ކަމަށާއި، އަދި އެފަދަ އިންވެސްޓްމަޓްތަކުގެ ރިޓާންސްވެސް އަންނާނީ ގިނަ ދުވަސްތަކުން ކަމުގައެވެ. އެހެންނަމަވެސް އޭގެ ލުއިފަސޭހަކަން އާންމު ރައްޔިތުންނަށް ލިބިގެން ދިއުމަކީވެސް މުހިންމު ކަމެއް ކަމުގައިވެސް މުޢުނީ ވިދާޅުވިއެވެ.
މިޢުނީ ވިދާޅިވި ގޮތުގައި ޓެކްނޮލޮޖީއަށް ކުރަންޖެހޭ އިންވެސްޓަމަންޓްތަކަކީ ކުރަންޖެހޭ ބޮޑެތި ހޭދަތަކެއް ކަމުގައިވިނަމަވެސް، ސްޓޭލްކޯއިން އިސްކަން ދެމުންދަނީ، މިގޮތުން ކުރަންޖެހޭ އިންވެސްޓްމަންތަކަށް އިސްކަންދީ، އާ ޓެކްނޮލޮޖީގެ ސަބަބުން ސްޓޭލްކޯއަށްވެސް ލިބެންޖެހޭ ލުއި ފަސޭހަތައް ލިބިގަތުން ކަމުގައެވެ.
އިތުރަށް ވާހަކަ ދައްކަވަމުން މުޢުނީ ވިދާޅުުވީ، މިހާރު މުޅި ދުނިޔެވެސް އޮޕަރޭޓް ކުރަމުންދަނީ ޓެކްނޮލޖީގެ އެހީގައިކަަމަށާއި، މިގޮތުން ސްޓެލްކޯގެ ހުރިހާ ސިސްޓަމެއްވެސް ކުރިޔަށް ގެންދަނީ އަދި އަޕްގްރޭޑް ކުރަމުންދަނީވެސް ޓެކްނޮލޮޖީގެ ވަސީލަތްތަކުގެ ބޭނުން ކޮށްގެން ކަމަށާއި، މިގޮތުން މިވަގުތުވެސް ސްޓެލްކޯގެ ގްރިޑް ސްމާޓް ގުރިޑަކަށް ބަދަލުކުރުމުގެ މަސައްކަތް މިހާރުވެސް ކުރިޔަށް ދާކަމަށެވެ. އަދި މިހާރުގެ އަމާޒަކީ، ގްރިޑް ސްމާޓރޓް ގްރިޑަކަށް ބަދަލުކުމުގެ މަސައްކަތްތައް އަންނަ އަހަރުގެ ނިޔަލަށް ނިމާލުން ކަމުގައެވެ.
މުޢުނީ ވިދާޅުވީ ގްރިޑް ސްމާރޓް ގްރިޑަކަށް ބަދަލު ކުރެވި ގްރިޑުން އަންނަ މައުލޫމާތުތައް ސްޓެލްކޯގެ އިންޖިނިއަރުންނާ ހަމައަށް ލިބިގެން ދިއުމުން މައްސަލަތައް ކުރިމަތިވުމުގެ ކުރިން ސަލާމަތީ ގޮތުންނާއި އަދި މައްސަލަތައް ހައްލުކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ދުރާލާ އެޅުމުގެ ފުރުސަތު ލިބިގެންދާނެ ކަމުގައެވެ.
ހަމަ އެއާއެކީ ކުންފުނީގެ ތެރޭގަވެސް މިވަގުތުވެސް އޭއާރުޕީ ސިސްޓަމް ގެނައުމުގެ މަސައްކަތްވެސް މިހާރުވެސް ކުރިޔަށް ދާކަމަށާއި، މިގޮތުން ލިބެންޖެހޭ މައުލުމާތު ދުރާލާ ލިބިގެންދާނެ މަގު ފަހިވެގެން ދިއުމުން ކުންފުނީގެ މެނޭޖްމަންޓް ލެވެލްގައި ނިންމަންޖެހޭ ނިންމުންތައް ނިންމުމުގައި ލުއިފަސޭހަކަން ލލިބިގެންދާނެ ކަމުގައިވެސް މުޢުނީ ވިދާޅުވިއެވެ.
މުޢުނީ ވިދާޅުވީ މިވަގުތު ސްޓެލްކޯ މިހާރު ބަދަލުވެގެން ދަނީ ޓެކްނޮލޮޖީ ޑެޕެންޑެންޓް އަދި ޓެކްނޮލޮޖީއާއި އެއްކޮށް ކުރިޔަށްދާ ކުންފުންނަކަށް ކަމުގައެވެ. އަދި އެކި ދާއިރާތާކުން ހޯދެންހުރި އާ ޓެކްނޮލޮޖީތައް އަބަދުވެސް ސްޓެލްކޯއިން ހޯދާ ބަލަމުންދާ ކަމުގައެވެ.
One Response
ކޮންމެފަހަރަކުު ބިލްްތައްް މެސެޖްް ކުރައްވާއަރުު ބިލްތައްް ވިއުކުރެވޭޭގޮތަށްް އޮވެއްޖެނަމަަ ވަރަށްް ފަސޭހަވާނެެ އަދިި ބައެއްފަހަރަށްް ބިލްދައްކާފަހުންް ވެސްް ބިލްޕޭކުރުމަށްް މެސެޖްް ލިބޭ