ޔޫޒަބަލް ރިޒާވް 279 މިލިއަން ޑޮލަރަށް އިތުރުވެއްޖެ

ޔޫޒަބަލް ރިޒާވް 279 މިލިއަން ޑޮލަރަށް އިތުރުވެއްޖެ

Author
މުޙައްމަދު ޖިމީ
29 އޮކްޓޯބަރ 2020 08:02
0

ރާއްޖޭގެ ޔޫޒަބަލް ރިޒާވް279 މިލިއަން ޑޮލަރަށް އިތުވެއްޖެއެވެ.

މަރުކަޒީ ބޭންކު (އެމްއެމްއޭ) އިން ޢާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ އޯގަސްޓްމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ޔޫޒަބަލް ރިޒާވް ނުވަތަ ބޭނުންކުރެވޭ ރިޒާވްގައި ހުރީ 122 މިލިއަން ޑޮލަރެވެ. ނަމަވެސް ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ޔޫޒަބަލް ރިޒާވްގެ ޢަދަދު ވަނީ 279 ޑޮލަރަށް އިތުރުވެފައެވެ. މިއީ %37 ގެ އިތުރުވުމެކެވެ. މިއިތުރުވުމަކީ އިންޑިއައިން ގަތް ބޮންޑުގެ ފައިސާ ޖަމާވުނުން އައި އިތުރުވުމެކެވެ. އަދި މިއީ މިއަހަރުގެ ޖެނުއަރީ މަހުގެ ފަހުން ޔޫޒަބަލް ރިޒާވް އިތުރުވީ ފުރަތަމަފަހަރެވެ.

ރާއްޖޭގެ ޖުމްލަ ރިޒާވް މިހާރު ހުރީ 695.9 މިލިއަން ޑޮލަރުގައެވެ. ނަމަވެސް އޯގަސްޓްމަހުގެ ނިޔަލަށް ހުރީ 569.6 މިލިއަން ޑޮލަރެވެ. އެހެންކަމުން މިއީ އޯގަސްޓަމަހާއި އަޅަބަލާއިރު %31 ގެ އިތުރުވުމެކެވެ. ރާއްޖޭގައި ޔޫޒަބަލް ރިޒާވް އެންމެ ބޮޑަށް ދަށްވެފައިވަނީ މިދިޔަ މަހުއެވެ. އެއީ ފާއިތުވި 5 އަހަރުތެރޭގައި ޔޫޒަބަލް ރިޒާވް އެންމެ ބޮޑަށް ދަށްވި ދަށްވުމެވެ.

ރާއްޖޭގެ ރިޒާވް ބޮޑަށް ދަށްވެފައިވަނީ ކޯވީޑް-19ގެ ސަބަބަުން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށް އިޤްތިޞާދު ހުއްޓުމަކަށް އައުމުގެ ސަބަބުންނެވެ. ރާއްޖޭގެ ރިޒާވް ޚާއްޞަވަނީ ރައްޖެއިން ބޭރުންމުދާ އެތެރެކުރުމަށެވެ. ރާއްޖޭގެ ރިޒާވް މެނޭޖުކުރުމަށްޓަކައި އެމްއެމްއޭއިން ގިނަ ފިޔަވަޅުތަކެއް އަޅަމުންދެއެވެ. އެގޮތުން ބޭންކުތަކަށް ޑޮލަރު ވިއްކުމުގައި މިހާރު އެންމެ އިސްކަމެއް ޒަރޫރީ ބޭނުންތަކަށް ޑޮލަރު ފޯރުކޮށްދިނުމަށެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.