މާފުށީ ޖަލުިގައި އޮތް ގައިދީއެއް ގަޔަށް ހޫނުފެން ޖެހި މައްސަލައެއް ފެންމަތިވެއްޖެއެވެ.
ގައިދީއެއް ގަޔަށް ހޫނުފެންޖެހި މައްސަލަ ސޯޝަލް މީޑިއާގައި ތިލަވެ އެކަމުގެ ފޯޓީތައްވެސް އަންނަނީ ދައުރުވަމުންނެވެ. ބައެއް ފަރާތްތަކުން ވަނީ ގައިދީ ގަޔަށް ހޫނުފެން ޖެހީ ކަރެކްޝަނަލް ސާރވިސްގެ އޮފިސަރުންކަމަށްވެސް ބުނަމުންނެވެ. ނަމަވެސް ކަރެކްޝަނަލް ސާރވިސްިއން ބުނީ އެ ގައިދީ ގަޔަށް ހޫނުފެން ޖަހާފައިވަނީ އެހެން ގައިދީއެއްކަމަށެވެ. އެކަމުގައި ކަރެކްޝަންގެ އެއްވެސް މުވައްޒަފެއްގެ ބައިވެރިވުމެއް ނެތްކަމަށްވެސް ކަރެކްޝަނުން ބުންޏެވެ.
ahmed ibrahim ummeedheemanzil
Ha hoarafushi
Mafushi jaluge golhi therey nidhaafa ovva hoonu fen beybege gayah alha meeha ekkoh fihifai vaakamah miadhu kuri family call ga roe roe fa bunefi… mee tho gaidheen ge haggu thah balahehtey minvaraky ? @ibusolih @CorrectionsMv— Fathimath Iraasha (@iraasha19) September 18, 2021
ހޫނު ފެން ޖެހުމުގެ ސަބަބުން އަނިޔާވެފައިވަނީ ހއ.ހޯރަފުށީ އުއްމީދީމަންޒިލް އަޙްމަދު އިބްރާހީމަށެވެ. އޭނާގެ ގައިގެ އެކި ތަންތަން ފިހިފައިވާކަމަށް ފޮޓޯތަކުން ފެނެއެވެ.
Mafushi jaluga gaidhee eh gayah hoonufen jaha,hashigandun bodu baeh fihifaavaa massala harukashi ibaaraathun kuhverikuran
Aailaa in beynun va gothah beysfaruva kohdhinumah govaalan.fankanei golhi ehga fihifa oi meeheh baahvain kuramun gendha aniya huttaalaa. @hrcmv @CorrectionsMv pic.twitter.com/PQwTHa3ZEF— Mohamed Ismail (@Muhmed_Ismail) September 19, 2021
މިކަމާއި ގުޅިގެން ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާޢީލް ވަނީ ފަންކާއެއް ނެތް ގޮޅިއެއްގައި ގައިދީ ބާއްވައިގެން ކުރާ އަނިޔާ ހުއްޓާލުމަށް ގޮވާލައްވާފައެވެ.
ފަހަކަށް އައިސް ޖަލުގެ މައްސަލަތަކެއްވެސް ފެންމަތިވަމުންދެއެވެ. މިގޮތުން ދާދި ފަހުންވަނީ ހުޅުމާލެ ޖަލުގައި ހުރި ޤައިދީއެއް ކުއްލި ގޮތަކަށް މަރުވެފައެވެ. މިކަމުގައިވެސް ކަރެކްޝަނަށް ތުހުމަތުތަކެއް ބައެއް ފަރާތްތަކުން ކުރިނަމަވެސް ކަރެކްޝަނުން ވަނީ އެ ސާރވިސްގެ އެއްވެސް އިހުމާލެއް ނެތްކަމަށް ބުނެފައެވެ.