އިޓަލީގައި ދިވެއްސަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

އިޓަލީގައި ދިވެއްސަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

Author
ހުސެއިން
18 ސެޕްޓެމްބަރ 2021 06:58
0

އިޓަލީވިލާތުގައި ދިވެއްސަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ދަންޖެހިފައިވާ ހުއްޓާ ފެނިފައިވަނީ ދިވެހި ފިރިހެނެކެވެ. އަދި އޭނާއަކީ އުމުރުން 44 އަހަރުގެ ހދ.ނޮޅިވަރަމްފަރު، ވައިމަތީގޭ މަހްމޫދު އިމާދު ކަމުގައިވެސް ވަނީ މައުލޫމާތު ލިބިފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ދިވެހި ފިރިހެން މީހާއަކީ، އިޓަލީ މީހަކާ ކައިވެނިކޮށްގެން އުޅޭ މީހެކެވެ. އަދި ފިރިހެން މީހާ މިވަގުތު އިޓަލީގައި ހުރިނަމަވެސް، އޭނާއާއި ކައިވެނި ކޮށްގެން އުޅޭ އިޓަލީގެ އަންހެން މީހާ މިވަގުތު ކުރީ ރާއްޖޭގައި، ނޮޅިވަރަންފަރުގައެވެ.

މަރުވި ފިރިހެން މީހާގެ އާއިލާގެ ފަރާތުން މައުލޫމާތު ދީފައިވާ ގޮތުގައި، އޭނާ ކައިވެނި ކޮށްގެން އުޅޭ އިޓަލީގެ އަންހެންމީހާއާއި އަދި އަންހެން މީހާގެ ބައްޕަވެސް މިވަގުތު ހުރީ ނޮޅިވަރަންފަހުގައެވެ. އަދި އެމީހުން އެރަށުގައި މިވަގުތު ތިބީ، އެރަށުގައި ހަދަމުންދާ 6 ކޮޓަރީގެ ގެސް ހައުސްއެއް އެޅުމުގެ މަސައްކަތް ކުރުމަށްޓަކައެވެ.

މަރުވި ފިރިހެންމީހާގެ އާއިލާގެ ބައެއް ފަރާތްތަކާ ހަވާލިދީ ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އޭނާގެ މަރުގެ ހަގީގަތް ހޯދުމަށް އޭނާގެ ޕޯސްޓް މޯޓަމެއް ހެދުމަށްވެސް އާއިލާއިން ބޭނުންވެއެވެ. އަދި އޭނާގެ ހަށިގަޑު މިހާރު ރާއްޖެ ގެނައުމުގެ މަސައްކަތްވެސް އާއިލާއިން ދަނީ ކުރަމުންނެވެ.

މަރުވި ދިވެހި މީހާއަކީ ކުރިން ރިސޯޓެއްގައި މަސައްކަތް ކޮށް، އަދި ފަހުން ސަފާރީއެއްގައިވެސް މަސައްކަތް ކޮށްފައިވާ މީހެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ސިންޒިއާ ގުއޭރާއާ ނަމަކަށް ކިޔާ އިޓަލީވިލާތުގެ އަންހެން މީހާއާއި އޭނާ ކައިވެނި ކޮށްގެން އުޅޭތާ 8 ވަރަކަށް އަހަރު ވެއްޖެއެވެ. އެހެންނަމަވެސް މި ދެމަފިރިންގެ ދަރިއަކު ނުހުންނަ ކަމަށްވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.