އެންމެފަހުގެ ޗެމްޕިއަން ޗެލްސީގެ ފެށުން ރަނގަޅުކޮށްފި

އެންމެފަހުގެ ޗެމްޕިއަން ޗެލްސީގެ ފެށުން ރަނގަޅުކޮށްފި

Author
މުޙައްމަދު ޝަޒައިމް
15 ސެޕްޓެމްބަރ 2021 02:32
0

ޔުއޭފާ ޗެމްޕިއަންސް ލީގު ގްރޫޕް އެޗްގައި އެންމެފަހުގެ ޗެމްޕިއަން ޗެލްސީ އާއި ޒެނިތު ސެއިންޓް ޕީޓަރސްބަރގް ބައްދަލުކުރިމެޗް ޗެލްސީ ކާމިޔާބުކޮށް މިސީޒަންގެ ފެށުން ރަނގަޅުކޮށްފިއެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް އެޗްގައި ހިމެނޭ އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީ މޮޅުވީ ޒެނިތު އަތުން 1-0 ގެ ނަތީޖާއަކުންނެވެ. ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗު ފެށުމުގެ ކުރިން ޔުއެފާގެ ރައީސް އަލެކްސަންޑަ ޗެފެރިން ވަނީ ދާދި ފަހުން ޔޫރަޕުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޗެލްސީ އާއި އިޓަލީގެ މިޑްފީލްޑަރު ޖޯޖީނިއޯއަށް ޓްރޮފީ ހަވާލުކޮށްފައެވެ.

އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މި މެޗުގައި ޗެލްސީން ކާމިޔާބުކުރި ހަމައެކަނި ލަނޑު ފެނިގެންގޮސްފައިވަނީ ދެވަނަ ހާފުގައެވެ. މެޗުގެ 69 ވަނަ މިނެޓުގައި ކެޕްޓަން ސެޒާ އަޒްޕިލިކުއެޓާ ނަގައިދިން ހުރަހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރޮމެލޫ ލުކާކޫއެވެ.

މި މެޗުން ޗެލްސީ މޮޅުވިއިރު، މި ގްރޫޕުގައި ދެން ހިމެނޭ އިޓަލީގެ ޔުވެންޓަސް ވަނީ އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުން މަލްމޯގެ މައްޗަށް 3-0 ގެ ނަތީޖާއަކުން ކުރިހޯދާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.