އިސްރާއީލުގެ ކުރީގެ ބޮޑޫވަޒީރު ނަތަންޔާހޫ

ގްރީސްގައި ވެއްޓުނު ކުޑަ މަތިންދާބޯޓުގައި މަރުވެފައިވަނީ، ނަތަންޔާޙޫގެ ކޮރަޕްޝަންގެ ޝަރީއަތުގައި، ހެކިބަސްދޭ ފަރާތެއް

ގްރީސްގައި ވެއްޓުނު ކުޑަ މަތިންދާބޯޓުގައި މަރުވެފައިވަނީ، ނަތަންޔާޙޫގެ ކޮރަޕްޝަންގެ ޝަރީއަތުގައި، ހެކިބަސްދޭ ފަރާތެއް

ގްރީސްގައި ހިގި، މަތިންދާ ބޯޓު ވެއްޓުމުގެ ހާދިސާގައި މަރުވެފައިވާ އެކަކީ، އިސްރާއީލުގެ ކުރީގެ ބޮޑުވަޒީރު ނަތަންޔާހޫގެ މައްޗަށް އިސްރާއީލުގައި މިހާރު ކުރިޔަށްދާ ކޮރަޕްޝްގެ ދައުވާގައި، ނަތަންޔާހޫއާއި ދެކޮޅަށް ހެކިބަސް ދޭން ތައްޔާރަށް ހުރި މީހެއްކަމުގައި ބުނެ، އޭނާގެ މަރުގެ ހާދިސާ ތަހުގީގު ކުރުމަށް ޚާއްސަ އިންކުއަރީއެއް މިހާރުވަނީ ލޯންޗް ކުރެވިފައެވެ.

ގްރީސްގެ އެއާރ ސޭފްޓީ އޮފިޝަލް އިއޯއަންނިސް ކޮންޑީލިސް، ސަމޯއާ އައިލޭންޑް ކައިރީގައި ހޯމަދުވަހު ހިގި ހާދިސާ ދުށް މަސްވެރިއަކާ ހަވާލާދީ ވިދާޅުވެފައިވަނީ، ހޯމަ ދުވަހު އެ ހިސާބު ގަޑުން ބާރުގަދަ ދެ ގޮވުމެއްގެ އަޑު އިވިފައި ވާކަމުގައެވެ. އެހެންނަމަވެސް މި ބޯޓު ވެއްޓެން މެދުވެރިވީ ސަބަބައެއް އަދި އެއްވެސް ފަރާތަކުން ހާމަ ކޮށްފައެއް ނުވެއެވެ.

އެއް އިންޖީނުން ދުއްވާ މި ކުޑަ ބޯޓު ވެއްޓުމުގެ މި ހާދަިސާގައ، މަރުވެފައިވާ އިސްރާއީލުގެ ވެރިރަށް ޓެލްއަވީވް އަށް ނިސްބައިވާ ދެ ރައްޔިތުންނަކީ، ދެމަފިރިން ކަމުގައިވާ ހާއިމް އަދި އޭނާގެ ފިރިމީހާ، އުމުރުން 69 އަހަރުގެ އީސްޓަރ ގިރޮންއެވެ.

އިސްރާއީލުގެ ކޮމިއުނިކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ ޑައިރެކްޓަރ ހައިމް ގިރޮން މަރުވިއިރު، އޭނާވަނީ، ނަތަންޔާހޫގެ މައްޗަށް ހިގަމުންދާ ޝަރީއަތުގައި ހެކިބަސް ދޭން ދާން ތައްޔާރު ވެފައެވެ.

ނަތަންޔާހޫގެ މައްޗަށް އިސްރާއީލުގައި ކުރެވެމުންދާ، ކޮރަޕްޝްންގެ ޝަރީއަތަކީ، އޭނާގެ ބޮޑުވަޒީރު ކަމުގައި އިސްރާއީލުގައި ނުފޫޒުގަދަ ބަައެއް މީޑިއާތަކަށް، އޭނާގެ ޚަބަރުތައް ކަވަކުރުމުގެ ބަދަލެއްގެ ގޮތުން ބައެއް ލުއި ދީފައިވާ ކަމުގެ ކޮރަޕްޝންގެ ދައުވާއެވެ.

ސްޓޭޓް އެއަރ އެކްސިޑެންޓް އިންވެސްޓިގޭޝަން އެންޑް އޭވިއޭޝަން ސޭފްޓީގެ ވެރިޔާ ބުނެފައިވަނީ، މި ޙާދިސާގެ ހަގީގަތް ހޯދުމަށްޓަކާ ކުރިޔަށް ތަހުގީގް ކުރިޔަށް ގެންދެވި ކަންކަން ކުރިޔަށް އޮތް 2 ހަފްތގެ ތެރޭހައި އިތުރަށް ސާފުވެގެން ދާނޭ ކަމުގައެވެ.

ގްރީސްގައި ވެއްޓުނު މަތިންދާ ބޯޓުގައި، ނަތަންޔާޙޫގެ ކޮރަޕްޝަންގެ މަރީއަތުގައި، ހެކިބަސްދޭ ފަރާތެއް

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *