ސޯރަވް ގަންގުލީގެ ބަޔޮޕިކެއް!

ސޯރަވް ގަންގުލީގެ ބަޔޮޕިކެއް!

Author
ފާތިމަތު ނާވީ
16 ސެޕްޓެމްބަރ 2021 03:13
0

1990ގެ އަހަރު ތަކުގެ ތެރޭގައި ވިދާލި އިންޑިއާގެ ކުރިކެޓް ކުޅުންތެރިޔާ އަދި މިހާރު އިންޑިއާގެ ބޯރޑް އޮފް ކޮންްޓްރޯލް ފޯ ކުރިކެޓްގެ ރައީސް ސޯރަވް ގަންގުލީގެ ދިރިއުޅުމުގެ މައްޗަށް ބިނާކޮށް ފިލްމެއް ހެދުމަށް ތައްޔާރުވަމުން އަންނަކަމަށް ލަވް ފިމްސް އިން ބުނެފިއެވެ.

ލަވް ފިލްމްސްގެ އޮފިޝަލް ޓުވިޓާ އެކައުންޓުން މީގެ ހަފްތާއެއް ކުރިން ފިލްމު ނެރުމަށް ތައްޔާރުވަމުން އަންނަކަމަށް އިޢުލާންކޮށް ބުނެފައިވަނީ ދާދާ ސޯރަވް ގަންގުލީގެ ދިރިއުޅުމުގެ މައްޗަށް ފިލްމު ބިނާކުރުމަކީ ލިބުނު ފަހުރެއް ކަމުގައެވެ.

ގަންގުލީގެ ޕުރޮފެޝަނަލް އަދި ޕަރސަނަލް ދިރިއުޅުންވެސް ދައްކުވައިދޭ މިފިލްމުގައި އޭނާގެ ކާމިޔާބީއަށް ވާސިލުވުމަށް ކުރިދަތުރު ފެނިގެންދާއިރު ފިލްމު ބޮޑަށް ބެލުންތެރިންނަށް ހިތްގައިމުވެގެންދާނީ ގަންގުލީގެ އެޓިޓިއުޑްގެ ސަބަބުން ކަމަށް ފިލްމުގެ ޕްރޮޑިއުސަރުން ބުނެއެވެ.

ފިލްމުގެ ލީޑުން ފެންނާނެ ތަރިން އަދި މިހާތަނަށް ހާމަކޮށްފައި ނުވާއިރު ގަންގުލީ މީގެކުރިން ބުނެފައި ވަނީ އޭނާގެ ބަޔޮޕިކަކުން ފެންނަން ބޭނުންވަނީ ރަންބީރް ކަޕޫރު ކަމަށެވެ.

ލަވް ފިލްމްސް އަކީ މީގެ ކުރިންވެސް ތަފާތު ކާމިޔާބު ފިލްމުތަކެއް ބެލުންތެރިންނަށް ގެނެސްދީފައިވާ ޕްރޮޑަކްޝަންއެކެވެ. އޭގެތެރޭގައި ސޯނޫ ކެ ޓިޓޫ ކި ސުވިޓީ، ދޭ ދޭ ޕިޔާރުދޭ، މަލަންގު އަދި ޗަލާންގް ފަދަ ފިލްމުތައް ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.