އަނެއްކާ ވެސް ބޮމެއް ގޮއްވާލައި ޓެރަރިސްޓް ޙަމަލާއެއް ދޭޭނޭ ކަމުގެ އިންޒާރެއް ދީފައިވާތީ އެކަން ސީރިއެސްކޮށް ނަންގަވައި ވަރުގަދަ ފިޔަވަޅުތައް ވަގުތުން އެޅުއްވުމަށް އެމްޑީޕީން ގޮވާލައިފިއެވެ.
އެމްޑީޕީން ނެރުނު ބަޔާނެއްގައި ވަނީ، އަނެއްއްކާ ވެސް ބޮމެއް ގޮއްވާލައި ރާއްޖޭގައި ޓެރަރިސްޓް ޙަމަލާއެއް ދޭޭނޭ ކަމުގެ ނުރައްކާތެރި އިންޒާރެއް ދީފައިވާތީ އެކަން ކުށްވެރިކުރާކަމަށެވެ. އެ އިންޒާރު ސީރިއަސްކޮށް ނަންގަވައި ވަރުގަދަ ފިޔަވަޅުތައް ވަގުތުން ވަގުތަށް އެޅުއްވުމަށް ސަލާމަތީ ޚިދުމަތްތަކަށް އެމްޑީޕީން ގޮވާލާކަމަށްވެސް އެމްޑީޕީގެ ބަޔާނުގައިވެއެވެ.
މޭ މަހުގެ 6 ވަނަ ދުވަހު ބޮން ގޮއްވާލައި ޓެރަރިސްޓް ޙަމަލާއެއް ދިނުމަށްފަހު، މާ ގިނަ ދުވަސްތަކެއް ނުވަނީސް އަނެއްކާ އެފަދަ ޓެރަރިސްޓް ޙަމަލާއެއްގެ އިންޒާރު ދިނުމަށް ބޭނުންކޮށްފައި ވަނީ މާލޭގެ ނޫރު މިސްކިތެވެ. މިގޮތުން ނޫރު މިސްކިތުގެ ތަނބެއްގައި ލިޔެފައިވާ އިންޒާރުގައި ބުނެފައި ވަނީ ވަރަށް އަވަހަށް ބޮމެއް ގޮއްވާލާނޭ ކަމަށާއި ދިވެހި ޤައުމު ސުންނާފަތި ކޮށްލާނޭ ކަމަށެވެ. މިސްކިތަކީ ޙުރުމަތްތެރިވެގެންވާ ތަނަކަށްވާއިރު، މިސްކިތުގެ ޙުރުމަތް ކަނޑައި ދިވެހި ބަހުން އެފަދަ އިންޒާރެއް މިސްކިތް މެދުވެރިކޮށް ދޭނީ، ސީދާ އެ ނިޔަތުގައި އެކަން ރާވާ ތަންފީޒުކުރުމަށް މަސައްކަތްކުރަމުންދާ ޓެރަރިސްޓުން ކަމުގައި ޤަބޫލުކުރަންޖެހެއެވެ. މިކަމުން ވެސް އިތުރަށް ހާމަވެގެން ދަނީ މި ރާއްޖޭގައި ހަރުކަށި ފިކުރު ފުޅާވެ ގޮސް ރައްޔިތުންނަށާއި މުޅި ޤައުމަށް ޓެރަރިޒަމުގެ ނުރައްކާ އޮތް މިންވަރެވެ.
– އެމްޑީޕީގެ ބަޔާން
އެމްޑީޕީގެ ބަޔާނުގައި މަރުތަކާ ބެހޭ ރިޔާސީ ކޮމިޝަނުގެ ތަޙްޤީޤް ރިޕޯރޓްގައި، ބައެއް މިސްކިތްތަކުގައި، އޭގެ ތެރޭގައި ނޫރު މިސްކިތް ހިމެނޭގޮތުން، ހަރުކަށި ފިކުރުގެ ބައެއް ލީޑަރުން އެމީހުންނާ ގުޅުން އޮންނަ ބޭރުގެ ޓެރަރިސްޓް ޖަމާޢަތްތަކާ ގުޅިގެން އެ އެމީހުންގެ ފިކުރު ކުރިއަރުވައި އޮޕަރޭޝަންތައް ހިންގާކަން ފާހަގަކޮށްފައިވާކަމަށްވެސް އެމްޑީޕީގެ ބަޔާނުގައިވެއެވެ. އަދި އެ މިސްކިތުގައިި މި ފަދަ ޓެރަރިސްޓް އިންޒާރެއް ލިޔެފައިވުމަކީ ސަލާމަތީ ޚިދުމަތްތަކުން އެއަށް ފަހު ވެސް ސާވެލެންސްކޮށް އެކަންތައް ރަނގަޅަށް ނުބެލިވާކަމަށް ތުޙުމަތުކުރުމުގެ ޖާގަ އޮތްކަމެއް ކަމުގައި ދެކޭކަމަށްވެސް އެމްޑީޕީގެ ބަޔާނުގައިވެއެވެ.
މި މިންވަރުގެ ޓެރަރިޒަމުގެ ނުރައްކާ އޮތްއިރު ވެސް ކުއްލިނުރައްކަލުގެ ޙާލަތު އިޢުލާނުކޮށް ވަގުތުން ވަގުތަށް އަޅަންޖެހޭ ފިޔަވަޅެއް އޮތްކަމަށް ނުދެކެވިވާަކަމީ މި ޕާރޓީން ކަންބޮޑުވާ ކަމެކެވެ. އެހެން ކަމުން ޓެރަރިޒަމުގެ ނުރައްކާތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުއްވުމުގައި އިތުރަށް ސަމާލުވެވަޑައިގެން ވަގުތުން ވަގުތަށް އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށް ސަލާމަތީ ޚިދުމަތްތަކަށާއި ސަރުކާރަށް އިލްތިމާސްކުރަމެވެ.
– އެމްޑީޕީގެ ބަޔާން
މާލޭ ނޫރު މިސްކިތުގެ ތަނބެއްގައި ޓެރަރިސްތް ހަމަލާއެއް ދޭނެކަމުގެ އިންޒާރު ލިޔެފައިވުމުން އެ މައްސަލަ ކަމާބެހޭ ފަރާތްތަކުން އަންނަނީ ބަލަމުންނެވެ.
One Response
Dhunyaa bappaafulhu kon thaneh vikkaa lavvan ulhuvvaigen baa bappaafulhu dhoo kuravvaa beyrun Hailey meehakah baiathu hifaigen mi ulhuvvanee??