އިންޓަރނޭޝަނަލް ޖެންޑަރ ޗެމްޕިއަންގެ ލަގަބު މިނިސްޓަރ ޝާހިދުއަށް

އިންޓަރނޭޝަނަލް ޖެންޑަރ ޗެމްޕިއަންގެ ލަގަބު މިނިސްޓަރ ޝާހިދުއަށް

Author
މުޙައްމަދު ޝަޒައިމް
12 ސެޕްޓެމްބަރ 2021 03:00
0

އިންޓަރނޭޝަނަލް ޖެންޑަރ ޗެމްޕިއަންގެ ލަގަބު ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދަށް އަރުއްވައިފިއެވެ.

މިންތީގެ ހަމަހަމަކަން ޤާއިމްކުރެއްވުމަށް ފޮރިން މިނިސްޓަރ ކުރައްވާ މަސައްކަތްޕުޅު ފާހަގަކޮށް މިއެވޯޑް އަރުއްވާފައިވަނީ ނިއުޔޯކުގައި ތިއްބަވާ އަންހެން ސަފީރުންނާއެކު މިނިސްޓަރ ޝާހިދު ބޭއްވެވި ބައްދަލުކުރެއްވުމެއްގައެވެ. މިބައްދަލުކުރެއްވުމުގައި ސަފީރުން ދެއްކެވި ވާހަކައިގައި އދ.ގެ އާއްމު މަޖިލީހުގެ ރައީސްގެ އޮފީހަކީ މިންތީގެ ހަމަހަމަކަން ޤާއިމް ކުރެވިފައިވާ އޮފީހަކަށް ހައްދަވާނެ ކަމަށާއި، އަދި މިނިސްޓަރ ޝާހިދު ބައިވެރިވެވަޑައިގަންނަވާނީ ހަމައެކަނި މިންތީގެ ހަމަހަމަކަން ޤާއިމްވެފައިވާ ޕެނަލްތަކުގައި ކަމަށް ވެވަޑައިގެންފައިވާ ވަޢުދު ފާހަގަކުރެއްވިއެވެ.

އަދި މިންތީގެ ހަމަހަމަކަމާއި، ޖިންސީ ފުރައްސާރައިން ރައްކާތެރިވުމާއި ގުޅޭ ތަމްރީންތައް ފުރިހަމަ ކުރުމަށް އެމަނިކުފާނުގެ އޮފީހުގެ މުވައްޒަފުންނަށް މަޖްބޫރުވާނެ ކަމަށް ނިންމެވި ނިންމެވުމަށްވެސް ސަފީރުންވަނީ މަރުހަބާ ވިދާޅުވެފައެވެ.

މިނިސްޓަރ ޝާހިދުގެ ބެއްލެވުމުގެ ދަށުން ހިންގަމުން އަންނަ ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުގެ އިސްވެރިންގެ ދެބައިކުޅަ އެއްބަޔަކީވެސް އަންހެނުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.