ކުރީގެ ރައީސް އެބްދުﷲ ޔާމީންގެ މައްޗަށް އެމްއެމްޕީއާރުސީގެ މައްސަލައާއި ގުޅުވައި ކުރެވޭނެ އެއްވެސް ދައުވާއެއް ނޯންނާކަމަށް ކުރީގެ ޓުވަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި 70 މިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން އިއްވި ޙުކުމުގެ އިސްތިއުނާފް ޝަރީޢަތް ސުޕްރީމް ކޯޓުގައި މިއަދު ވަނީ ފަށާފައެވެ.
ރައީސް ޔާމީންގެ ޝަރީއަތާއި ގުޅިގެން އަލީ ވަހީދު ވިދާޅުވީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި ރައީސް ޔަމީނަށް ކުރެވޭނެ އެއްވެސް ނެތްކަމަށެވެ. ސަބަބެއްކަމަށް އަލީ ވަހީދު ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖެއިން ބޭރުގައި ކުރެވުނު ތަޙުޤީޤުގައި އެމަނިކުފާނުގެ އެކައުންޓްތައް ފްރީޒް ނުކުރެވުނީ ދައުވާއެއް އުފުލޭނެ އެއްވެސް ސަބަބެއް ނެތުމުންކަމަށެވެ.
ރައީސް ޔާމީންގެ މައްޗަށް އެމް.އެމް.ޕީ.އާރު.ސީ. މައްސަލައާ ގުޅުވާ ކުރެވޭނެ އެއްވެސް ދަޢުވާއެއް ނޯންނާނެ. އެމަނިކުފާނުގެ ވެރިކަމުގައި ރާއްޖެއިން ބޭރުގައި ކުރެވުނު ތަޙުޤީޤުގައި އެމަނިކުފާނުގެ އެކައުންޓްތައް ފްރީޒް ނުކުރެވުނީ މިދެންނެވި ސަބަބާހެދި. ރައީސް ޔާމީން މިނިވަންކުރަންޖެހޭ.
– އަލީ ވަހީދު ވިދާޅުވިއެވެ.
ރައީސް ޔާމީންގެ މައްޗަށް އެމް.އެމް.ޕީ.އާރު.ސީ. މައްސަލައާ ގުޅުވާ ކުރެވޭނެ އެއްވެސް ދަޢުވާއެއް ނޯންނާނެ.
އެމަނިކުފާނުގެ ވެރިކަމުގައި ރާއްޖެއިން ބޭރުގައި ކުރެވުނު ތަޙުޤީޤުގައި އެމަނިކުފާނުގެ އެކައުންޓްތައް ފްރީޒް ނުކުރެވުނީ މިދެންނެވި ސަބަބާހެދި. ރައީސް ޔާމީން މިނިވަންކުރަންޖެހޭ??— Ali Waheed (@ali20waheed) September 12, 2021
ޔާމީން ޖަލަށްލި މައްސަލައިގެ ޝަރީޢަތް ސުޕްރީމް ކޯޓުގައި ފަށާފައި މިވަނީ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވި ބެންޗްގައި ތިއްބެވި ފަސް ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރެއްގެ އޯޑިއޯތަކެއް ލީކްވެފައި ވަނިކޮށެވެ. އެއޯޑިއޯތަކުގައި ދައްކާފައި ހުރި ވާހަކަތަކާއި ގުޅިގެން ޔާމީނަށް އިއްވި ހުކުމުގެ ސައްހަ ކަމާއިމެދު ވަނީ ސުވާލު އުފެދިފައެވެ.
ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާ އަދި ހައިކޯޓުން ތާއިދު ކޮށްފައިވާ ހުކުމަށް ސުޕްރީމް ކޯޓުން ބަދަލު ނުގެނެސްފިނަމަ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ގާތްގަނޑަކަށް އެއްކޮށް ބަންދު ވާނެއެވެ.
ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވީ 2019 ވަނަ އަހަރުގެ ނޮވެމްބަރ 28 ވަނަ ދުވަހު އެވެ.
ކޮމެންޓު ފޮނުވާ