އާދަމް ޝަރީފް ނާޒިމަށް: ރައީސް ޔާމީން މޭކަރަންޖެހޭ ވަރުގެ ސިޔާސީ މީހަކު ނުހުންނާނެ!

އާދަމް ޝަރީފް ނާޒިމަށް: ރައީސް ޔާމީން މޭކަރަންޖެހޭ ވަރުގެ ސިޔާސީ މީހަކު ނުހުންނާނެ!

Author
މުޙައްމަދު ޖިމީ
11 ސެޕްޓެމްބަރ 2021 07:37
0

ކުރީގެ ރައިސް ޢަބްދުﷲ ޔާމީން "މޭކަރަންޖެހޭ"ވަރުގެ ސިޔާސީ މީހަކު އަދި ޕާޓީއެއްގެ ވެރިޔަކު ރާއްޖޭގައި ނުހުންނާނެކަމަށް ވިދާޅުވެ، އެމްއެންޕީގެ އެއް މުއައްސަސް މުޙައްމަދު ނާޒިމަށް، ޕީއެންސީގެ ނާއިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ރައްދު ދެއްވައފިއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އޭރުގެ ޑިފެންސް މިނިސްޓަރ އަދި މިހާރުގެ ދަނގެތި ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމްގެ ކޮޓަރިކޮޅުން ފިސްތޯލައެއް ފެނުނު މައްސަލާގައި ވަނީ ވަޒީރުކަމުން ދުރުކުރައްވާފައެވެ. އަދި އެ މައްސަލަ ސާބިތުވެ 11 އަހަރުގެ ޖަލަށްލުމަށް ޙުކުމްވެސް އިއްވިއެވެ. ނަމަވެސް ފަހުން ނާޒިމް މިނިވަންވީ ރިޔާސީ އިންތިޚާބުގެ ފަހުން އެ ހުކުމް މަތީ މަރުހަލާއިން ބާތިލްކުރުމުންނެވެ. އޭގެ ފަހުން ޑިފެންސް މިނިސްޓަރަކަށް އައްޔަންކުރެއްވީ މިހާރުގެ މަޑުއްވަރީ ދާއިރާގެ މެންބަރުގެ އާދަްމް ޝަރީފް ޢުމަރެވެ.

ނާޒިމް ވަނީ، ރައީސް ޔާމީނަކީ ކަންނެތް ވެރިއެއް ކަމަށާއި، އެމަނިކުފާނުގެ އަރިސް ބޭފުޅުން "މޭކަރާ" ގޮތްވީ މުރާލި މަސައްކަތްތަކެއް ޑިފެންސް މިނިސްޓަރުގެ ހައިސިއްޔަތުން ކުރެއްވުމުން ކަމަށް ވިދާޅުވެފައެވެ.

އެކަމަށް ރައްދު ދެއްވައި އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، ރައީސް ޔާމީނަކީ ސިޔާސީ ގިނަ ލީޑަރުން އފެއްދި ހަރުދަނާ ވެރިއެއްކަމަށެވެ. ރައީސް ޔާމީން މޭކަރަންޖެހޭވަރުގެ ސިޔާސީ މީހަކު، ޕާޓީއެއްގެ ވެރިޔަކު ރާއްޖެއަކު ނުހުންނާނެކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

 

މަސައްކަތް ޑެލިގޭޓް ކުރުމަކީ ޓަރާންފޯރމޭޝަނަލް ލީޑާޝިޕް ކޮލިޓީސް ހުންނަ ހިންގުންތެރި ވެރިންގެ ޚާއްޞަ ހުނަރެއް. ރައިސް ޔާމީނަކީ ސިޔާސީ ގިނަ ލީޑަރުން އުފެއްދި ހަރުދަނާ ވެރިޔެއް. ރައީސް ޔާމީން މޭކަރަންޖެހޭވަރުގެ ސިޔާސީ މީހަކު، ޕާޓީއެއްގެ ވެރިޔަކު ރާއްޖެއަކު ނުހުންނާނެ!

– އާދަމް ޝަރީފް ޢުމަރު

އޮންލައިން ނޫސް "އަވަސް"އަށް ނާޒިމް ދެއްވި އިންޓަރވިއުއެއްގައި ވަނީ، ރައީސް  ޔާމީންގެ ވެރިކަމުގައި އޭނާއަށް ގިނަ މަސައްކަތްތަކެއް ހަވާލު ކުރައްވާފައިވާ ކަމަށެވެ. ޑިފެންސް މިނިސްޓަރު ކަމުގެ އިތުރުން ހެލްތު މިނިސްޓްރީ ވަގުތީ ގޮތުން ހަވާލު ކުރެއްވުމުން އޭނާ ކުރައްވާ ގިނަ މަސައްކަތްތައް ފާހަގަކުރެވެމުން ދިޔަ ކަމަށެވެ.

ނާޒިމް ވިދާޅުވީ ރައީސް ޔާމީނަކީ ވަރަށް ކަންނެތް ބޭފުޅެއް ކަމަށާއި މާ ގިނަ މަސައްކަތް ކުރައްވާ އުޅުއްވި ބޭފުޅެއް ނޫން ކަމަށެވެ. އެހެންވެގެން، ރައީސް އަރިހުގައި ތިއްބެވި ބޭފުޅުން ވިސްނައިދެއްވީ 2018 ގައި ޔާމީނަށް އޮތް ބިރަކަށް އޭނާ ވެދާނެ ކަމުގައެވެ.

 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އީސާ
ތިކަން އެނގޭތާ. މޭކަރަން ނުޖެހޭތީ މުޅި ގައުމު ދަވާލީ