ސައުދީ އަރަބިއާގައި 39 މިލިއަން ޑޯޒްގެ ވެކްސިން ޖަހައިފި

ސައުދީ އަރަބިއާގައި 39 މިލިއަން ޑޯޒްގެ ވެކްސިން ޖަހައިފި

Author
ހުސެއިން
11 ސެޕްޓެމްބަރ 2021 06:04
0

ކޯވިޑް19 އާއި ދެކޮޅަށް ސައުދީ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެގައުމުގައި މިހާތަނަށް އައިއިރު، 39 މިލިއަން ޑޯޒްގެ ކޯވިޑް ވެކްސިން ޖަހާފައިވާ ކަމުގައި ސައުދީ ހެލްތު މިނިސްޓްރީން ހާމަ ކޮށްފިއެވެ.

ސައުދީ ހެލްތު މިނިސްޓްރީން ހާމަ ކޮށްފައިވާ ގޮތުގައި، ސައުދީ އަރަބިއާގެ ރައްޔިތުންނާއި އަދި އެގައުމުގައި ދިރިއުޅެމުންދާ މީހުންނަށް ކޯވިޑް ވެކްސިން ދިނުމަށްޓަކާ، އެގައުމުގެ އެކި ހިސާބުތަކުގައި، 587 ވެކްސިން ސެންޓަރު ވަނީ ގާއިމް ކުރެވިފައެވެ.

މިހަފްތާގެ ހުކުރު ދުވަހާ ހަމައަށް، ރޮއިޓާސްއިން ލިބެންުހުރި މައުލޫމާތުތަކަށް ބަލާއިރު، ސައުދީ އަރަބިއާގެ އާބާދީގެ %56.5 މީހުންނަށް މިހާރުވަނީ ވެކްސިން ދީ ނިމިފައެވެ.

ސައުދީ ހެލްތު މިނިސްޓްރީންވަނީ، ފާއިތުވެދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ވަނީ، ދެޑޯޒް ވެކްސިން ޖަހާ ފަރާތްތަކުން ދެވަނަ ޑޯޒް ޖެހުމަށް އިލްތިމާސް ކޮށްފައެވެ.

ސައުދީ އަރަބިއާގައި ކޯވިޑްގެ ހާލަތު ރަގަޅުވަމުން އައުމާ ގުޅިގެން އެގައުމުގެ ބޯޑަރު މިހާރުވަނީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކަށް ހުޅުވާލާފައެވެ. މިގޮތުން، ޔުނައިޓެޑް އަރަބި އެމިރޭޓުސްއިން ސައުދީއަށް މީހުން ދަތުރުކުރުން ހުއްޓުވާފައި އޮތުމަށް މިމަހުގެ 11 ވަނަ ދުވަހުން ފެށިގެން ނިމުމެއް ގެނައުމަށްވެސް ސައުދީ ސަރުކާރުންވަނީ ނިންމަވާފައެވެ.

ފާއިތުވެދިޔަ ހަފްތާގެ އަންގާރަދުވަހު ސައުދީ އަރަބިއާން ހާމަކޮށްފައިވަނީ، އެގައުމާއި، ޔޫއޭއީ، އާޖެންޓީނާ އަދި ސައުތު އެފްރިކާއާ ދެމެދު ފްލައިޓްތައް އޮޕަރޭޓް ކުރުމުގެ ހުއްދަވަނީ މިމަހުގެ 8ވަނަ ދުވަހުން ފެށިގެން ދޫކޮށްފައި ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.