ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް މިރޭ ޓީވީ ޕްރޮގުރާމެއްގައި ބައިވެރިވާކަމަށްބުނެ ފަތުރަމުންދާ ޚަބަރު އެމަނިކުފާނުގެ ޤާނޫނީ ވަކީލުންގެ ޓީމުން ދޮގުކޮށްފިއެވެ.
ރައީސް ޔާމީންގެ ޤާނޫނީ ވަކީލް ޢަބްދުﷲ ޝިޔާޒު ވިދާޅުވީ ރައީސް ޢަބްދުﷲޔާމީން ޢަބްދުލްޤައްޔޫމް މިރޭ ޓީވީ ޕްރޮގްރާމެއްގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް އެކިފަރާތްތަކުން ފަތުރަމުންގެންދާ ހަބަރަކީ އެއްވެސް ޙަޤީޤަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.
ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަކީ ކްރިމިނަލް ކޯޓުގެ ޙުކުމެއް ތަންފީޛްކުރަމުން ގެންދަވާ ފަރާތަކަށްވެފައި، ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވާޢިދުތައް ހުއްދަނުކުރާ މިބާވަތުގެ ކަންތައްތައް އެމަނިކުފާނު ނުކުރައްވަވާނެކަމަށެވެ. އެމަނިކުފާނު އެދިވަޑައިގަންނަވަނީ މިފަދަ ޚަަބަރު ފަތުރާ ފަރާތްތަކުން ރައްޔިތުންނަށް އޮޅޭގޮތަށް ދޮގު މައުލޫމާތު ނުފެތުރުމަށް ކަމަށް ޝިޔާޒު ވިދާޅުވިއެވެ.
ރައީސް ޢަބްދުﷲޔާމީން ޢަބްދުލްޤައްޔޫމް މިރޭ ޓީވީ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ބުނެ ޙަޤީޤަތާއި ޚިލާފް ހަބަރުތައް ނުފެތުރުމަށް ހުރިހާ ހަބަރުފަތުރާ ވަޞީލަތްތަކާއި، ނޫސްތަކާއި އަދި ލޮބުވެތި ދިވެހި ރައްޔިތުންގެ ކިބައިން އެމަނިކުފާނު އެދިވަޑައިގަންނަވާ.
– ޝިޔާޒު ވިދާޅުވިއެވެ.
ރައީސް ޢަބްދުﷲޔާމީން ޢަބްދުލްޤައްޔޫމް 2021 ސެޕްޓެމްބަރ 09 ވަނަ ދުވަހުގެ ރޭ ޓީވީ ޕްރޮގްރާމެއްގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް އެކިފަރާތްތަކުން ފަތުރަމުންގެންދާ ހަބަރަކީ އެއްވެސް ޙަޤީޤަތެއް ނެތް ވާހަކަތަކެއް ކަމުގައި ދަންނަވަމެވެ.
— Abdulla Siyaz (@AbdullaSiyaz) September 9, 2021
އަދި އެމަނިކުފާނުގެ އުންމީދަކީ އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ޖިނާއީ ޙުކުމުން މިންޖުވެ ވީއެންމެ އަވަހަކަށް ދިވެހިރައްޔިތުންގެ ޚިދުމަތަށް ނުކުމެވަޑައިގެންނެވުންކަމަށް ޝިޔާޒު ވިދާޅުވިއެވެ. ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށައަޅާފައިވާ އިސްތިއުނާފްގެ މައްސަލައިގެ އަޑުއެހުންތައް މިމަހުގެ 12 އަދި 13 ވަނަ ދުވަހަށް ވަނީ ތާވަލްކޮށްފައެވެ.
މަނީ ލޯންޑަރިންގެ ކުށުގައި އެމަނިކުފާނު 5 އަހަރަށް ޖަލަށްލައި 5 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައިވާ މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ފެށުމަށް ތަޢާވަލުކޮށްފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 12ވަނަ ދުވަހާއި 13ވަނަ ދުވަހުގައެވެ. އެ ދެދުވަހުވެސް ޝަރީއަތް ތަޢާވަލުކޮށްފައިވަނީ ހެނދުނު 09:00އަށެވެ. ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު މަހާޒް ޢަލީ ޒާހިރާއި ފަނޑިޔާރު ޑރ.އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު ޑރ.މުހައްމަދު އިބްރާހީމްއެވެ.
ކޮމެންޓު ފޮނުވާ