ބޭރުގެ ޔުނިވާސިޓީއެއްގައި ފުރަތަމަ ފަހަރަށް ދިވެހިބަސް ދަސްކޮށްދޭ ކޯހެއް

ބޭރުގެ ޔުނިވާސިޓީއެއްގައި ފުރަތަމަ ފަހަރަށް ދިވެހިބަސް ދަސްކޮށްދޭ ކޯހެއް

Author
މުޙައްމަދު ޝަޒައިމް
08 ސެޕްޓެމްބަރ 2021 10:11
0

ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއެއްގައި ފުރަތަމަ ފަހަރަށް ދިވެހިބަސް ދަސްކޮށްދޭ ކޯހެއް ފަށައިފިއެވެ.

ޗައިނާގެ ބެއިޖިން ފޮރިން ސްޓަޑީޒް ޔުނިވަރސިޓީގައި މި ކޯސް ފަށައިފައިވަނީ އިއްޔެ އެ ކަމަށް ޓަކައި އެ ޔުނިވަރސިޓީގައި ބޭއްވި ރަސްމިއްޔާތަށް ފަހުގައެވެ.

މި ރަސްމިއްޔާތުގައި ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރުގެ ނައިބު ސޮބާހު ރަޝީދު ވަނީ ބައިވެރިވެވަޑައިގެންފައެވެ. ހަމައެއާ އެކު ބެއިޖިން ފޮރިން ސްޓަޑީޒް ޔުނިވާސިޓީގެ ނައިބު ރައީސް، ޕްރޮފެސަރ ޝާއޯ ގަންގް ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

މި ކޯހުގައި ކިޔަވައިދެއްވާނީ އެ ޔުނިވާސިޓީގެ ސްކޫލް އޮފް އޭޝިއަން ސްޓަޑީޒްގައި ދިވެހި ކިޔަވައިދެއްވާ ޓީޗަރު ޝޫ ފަންގްފަންގެވެ. މިއީ ދިވެހިބަހަށް ލިބުނު ވަރަށް ބޮޑު ޝަރަފެކެވެ. އަދި ދިވެހިބަސް ތަރައްޤީކޮށް ދެމެހެއްޓުމަށް ޓަކައި ކުރާ މަސައްކަތަށް ލިބުނު އިތުރު ކާމީޔާބެއްކަމަށް ދިވެހި ބަހުގެ އެކަޑަމީން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ގ ގިޓާ
އަޅުގަޑު އެދެނީ އަވައްޓެރި ގައުމު ތަކުގައި ރާއްޖޭގެ ކޮލެޖުތަކުން މިފަދަ ކޯސްތައް ހިންގުމަށް