ހިޔާ ފްލެޓްގެ ކުލި 5،600 ކުޑަކޮށް، ބޯހިޔާވަހިކަމަށް ވީވަޢުދު ފުއްދަވާ: ސައީދު

ހިޔާ ފްލެޓްގެ ކުލި 5،600 ކުޑަކޮށް، ބޯހިޔާވަހިކަމަށް ވީވަޢުދު ފުއްދަވާ: ސައީދު

Author
މުޙައްމަދު ޝަޒައިމް
08 ސެޕްޓެމްބަރ 2021 12:00
0

ހިފާ ފްލެޓްތަކުގެ ކުލި ރައީސް ޔާމީންގެ ވެރިކަމުގައި ދޭން ނިންމި 5،600 ރުފިޔާއަށް ކުޑަކޮށް، މިސަރުކާރުން ރައްޔިތުންނަށް ވެފައިވާ ބޯހިޔާވަހިކަމުގެ ވައުދު ފުއްދުމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ބޯހިޔާވަހިކަމުގެ ވައުދު ނުފުއްދި ގިނަ ދުވަސްތަކެއްވާތީ، އެކަން ފުރިހަމަ ކުރުމަށް ވެރިކަން ކުރާ އެމްޑީޕީގެ މެމްބަރު މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ހުށަހެޅުއްވި މައްސަލައަށް ބަހުސް ކުރައްވަމުން ސައީދު ވިދާޅުވީ ބޯހިޔާވަހިކަމުގެ ވައުދު ފުއްދެވި ހަމައެކަނި ރައީސަކީ ރައީސް ޔާމީންކަމަށެވެ. އެމަނިކުފާނުގެ ޒަޢާމަތުގައި ހުޅުމާލެ ބަދަލުކޮށް، އެތައްހާސް ރައްޔިތުންނަށް ބޯހިޔާވަހިކަން ތަނަވަސް ކޮށްދެއްވިކަމަށެވެ.

ނަމަވެސް މިސަރުކާރަށް ފްލެޓް އަޅާފައި ދިނުމުން، ޓައިލްކޮޅެއް ޖަލާލަންވެސް ނޭގުނުކަމީ ފެންނަ މަންޒަރުކަމަށެވެ. އަދި ކުރަން އެގުނުހާވެސް ކަމަކީ ކުލި ބޮޑުކޮށް ރައްޔިތުންނަށް އިތުރު ތަކްލީފް ޖެއްސުންކަމަށް ސައީދު ވިދާޅުވިއެވެ. ސައީދު ވަނީ ހިޔާ ފްލެޓްތަކުގެ ކުލި ކުރީ ސަރުކާރުން ދޭން ނިންމި މިންވަރަށް ކުޑަކޮށް، ރައްޔިތުންނަށް ލުއި ގޮތްތަކެއް ތަނަވަސް ކުރުމަށް ގޮވާލާފައެވެ.

ކިތަންމެ ނުރުހުނަސް ބްރިޖްމަތިން ދަތުރުކުރާނެ. ހުޅުމާލޭގެ މުޅި މަލަމަތި ބަދަލު ކުރީ ރައީސް ޔާމީން. ފޭސް އެކެއް ފޭސްދޭއް މީ ރައީސް ޔާމީންގެ ތަސައްވަރު.

– ސައީދު ވިދާޅުވިއެވެ.

ހިޔާ ފެލެޓްގެ ކޮންމެ އެޕާޓްމެންޓެއްގެ ކުލީގެގޮތުގައި ނަގަން ސަރުކާރުން ނިންމާފައިވަނީ މަހުކުލީގެ ގޮތުގައި 7500 ރުފިޔާ އަދި މެއިންޓަނެސް ފީގެ ގޮތުގައިނަގާ 1000 ރުފިޔާ ހިމެނޭހެން ޖުމްލަ 8500 ރުފިޔާއެވެ.

ހިޔާ ފްލެޓްތައް ލިބުނު މީހުންނާއެކު އެއްބަސްވުން އެކުލަވާލާ ތަޅުދަނޑި މިހާރު ހަވާލުކޮށްފައިވާއިރު ފިނިޝިންގެ މަސައްކަތްތައްވެސް މިވަގުތު އަންނަނީ ކުރަމުންނެވެ. އެޗްޑީސީން ވިދާޅުވެފައިވަނީ ފްލެޓްތަކުގެ ފިނިޝިން މަސައްކަތް ނިންމުމަށް އަންނަ ސެޕްޓޭމްބަރުމަހުގެ އެކަކުން ފެށިގެން ޑިސެމްބަރުމަހުގެ ނިޔަލަށް ކުލި ދައްކަން ނުޖެހޭނެކަމަށެވެ. އަދި މަގުބޫލު ސަބަބެއް ނެތި އެއްބަސްވުމުގައި ސޮއި ނުކޮށް އޮތް ނަމަ ފިނިޝިން މަސައްކަތަށް ކުއްޔާ ނުލައި އިތުރު މުއްދަތެއް ނުދެވޭނެކަމަށް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.