މާލޭގެ ސްކޫލެއް ތެރޭގައި ތޫނުއެއްޗަކުން ހަމަލާދީ ކުއްޖަކު ޒަހަމްކޮށްލައިފި

މާލޭގެ ސްކޫލެއް ތެރޭގައި ތޫނުއެއްޗަކުން ހަމަލާދީ ކުއްޖަކު ޒަހަމްކޮށްލައިފި

Author
މުޙައްމަދު ޝަޒައިމް
07 ސެޕްޓެމްބަރ 2021 08:57
0

މާލޭގެ ސްކޫލެއްގެ ތެރޭގައި ކުއްޖަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމް ކޮށްލައިފިއެވެ.

ފުލުހުން ބުނެފައިވަނީ މިއަދު މާލޭގެ ސްކޫލެއްގައި މާރާމާރީ ހިންގާފައިވާކަމަށް ފުލުހުންނަށް ރިޕޯޓް ކޮށްފައިވާކަމަށެވެ. އެމައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހަމަލާދީފައިވަނީ ކަލާފާނު ސްކޫލުގެ ތެރޭގައި އެސްކޫލުގެ ދަރިވަރަކަށެވެ. ހަމަލާދީފައިވަނީ 16 އަހަރުގެ ކުއްޖަކަށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަދި އެކުއްޖާ ވަރަށް ބޮޑަށް ޒަޚަމް ކޮށްލާފައިވާކަމަށް މައުލޫމާތު ލިބެއެވެ. އޭނާއަށް މިހާރު އޭޑީކޭގައި ދަނީ ފަރުވާ ދެމުންނެވެ.

މިކަމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން އަދި އެއްވެސް އެއްވެއް ބުނެފައިނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.