ދަރުބާރުގެ ހިމެނޭ ސަރަހައްދަށް ކަރަންޓުދޭން ގަޑިއެއްހާއިރު ވެދާނެ: ސްޓެލްކޯ

ދަރުބާރުގެ ހިމެނޭ ސަރަހައްދަށް ކަރަންޓުދޭން ގަޑިއެއްހާއިރު ވެދާނެ: ސްޓެލްކޯ

Author
މުޙައްމަދު ޝަޒައިމް
07 ސެޕްޓެމްބަރ 2021 06:04
0

ދަރުބާރުގެ ސަރަހައްދުން ކަރަންޓް ކެނޑިއްޖެއެވެ.

ސްޓެލްކޯއިން ބުނެފައިވަނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ދަރުބާރުގެ ސަރަހައްދުންވަނީ ކަރަންޓު ކެނޑިފައިވާކަމަށާއި، އެމައްސަލަ ހައްލު ކުރުމަށް ގަޑިއެއްހާއިރު ހޭދަވާނެކަމަށް ބެލެވޭ ކަމަށެވެ. އަދި މިކަމުގައި ދިމާވާނެ ދަތިތަކަށް ކަސްޓަމަރުންގެ ކިބައިން މާފަށް އެދޭކަމަށެވެ.

ދަރުބާރުގެ ހިމެނޭ ސަރަހައްދުން ކަރަންޓް ކެނޑުމުން، އެޗްއީއޯސީގެ ޚިދުމަތްތަކަށްވެސް ވަނީ ބުރޫއަރާފައެވެ.

އެގޮތުން ހިލޭ ގުޅޭ ނަންބަރު 1676 މިވަގުތުތަކުގައި ނުގުޅޭނެތީ އެކަންވެސް ވަނީ އާންމުންގެ ސަމާލުކަމަށް ގެނެސްފައެވެ. މާލެސަރަހައްދިގައި ދިމާވެފަިއވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލު ގެނައުމަށް ސްޓެލްކޯއިން ދަނީ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.