ސްޓެލްކޯގެ އަމާޒަކީ ރަސްދޫ ޒަމާނީ އިންޖީނުގެ އަހަރުގެ ނިމުމުގެކުރިން ނިންމުން

ސްޓެލްކޯގެ އަމާޒަކީ ރަސްދޫ ޒަމާނީ އިންޖީނުގެ އަހަރުގެ ނިމުމުގެކުރިން ނިންމުން

Author
މުޙައްމަދު ޝަޒައިމް
07 ސެޕްޓެމްބަރ 2021 05:58
0

އއ. ރަސްދޫގައި ސްޓެލްކޯއިން އިމާތާރް ކުރަމުންދާ ޒަމާނީ އިންޖީނުގޭގެ މަސައްކަތް މިއަހަރުގެ ނިމުމުގެ ކުރިން ނިންމާލެވޭނެކަމަށް އެކުންފުނިން ބުނެފިއެވެ.

ރަސްދޫގައި މިވަގުތު ހުރި 754 ކިލޯވޮޓްގެ އިންޖީނުގޭގެ ބަދަލުގައި 5 މެގަވޮޓްގެ އައު އިންޖީނުގެއެއް އެރަށުގައި އެޅުމުގެ މަސައްކަތް ކުރަމުންދާއިރު، އިންޖީނުގޭގެ އިމާރާތް ކުރުމުންދަނީ ޙިދުމަތައް ބުރޫ ނާރާގޮތަށެވެ. ސްޓެލްކޯއިން އިންޖީނުނޭގެ މަސައްކަތް ބާރަށް ކުރިއަށް ގެންދާއިރު އަމާޒު ހިފާފައިވަނީ މިއަހަރުގެ ނިމުމުގެ ކުރިން މަސައްކަތް ނިންމުމަށެވެ.

ރަސްދޫގައި އަލަށް އިމާރާތް ކުރާ އިންޖީނުގެއަކީ ޒަމާނުއްސުރެ އިންޖީނުގެތަކާއި މެދު ދެކެމުން އައި ގޮތް ބަދަލުކޮށްލާ، އެރަށުގެ ރީތި ނަލަ ލޭންޑް މާކަކަށް ވެގެންދާނެކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ. އަދި ވެންޓިލޭޝަން ރަނގަޅު، އުސްކޮށް އިމާރާތް ކުރެވޭ ޒަމާނީ ފެންވަރުގެ ތަނަކަށްވެގެންދާނެއެވެ. އަދި މި އައު އިންޖީނުގެ ވެގެންދާނީ، އަޑު މަޑު، ތިމާވެއްޓާއި ރައްޓެހި ތަނަކަށްކަމަށާއި، އިންޖީނުގެއަށް ބޭނުންވާ ކަރަންޓު އުފައްދައިދޭނީ އިންޖީނުގޭގައި ހަރުކުރާ ސޯލަރ ޕެނަލްތަކުންކަމަށް އެކުންފުނިން ވިދާޅުވެއެވެ.

މީގެ އިތުރުން އޮންލައިން މޮނިޓަރިންއާއި، ޓެކްނިކަލް ސަޕޯޓްގެ އިތުރުން، އައު އިންޖީނުގެ ވެގެންދާނީ މުވައްޒަފުންނަށް ރައްކާތެރި މަސައްކަތުގެ މާހައުލަކަށްކަމަށްވެސް އެކުންފުނިން ހާމަކުރައްވާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.