ލ.ފޮނަދޫ ކައުންސިލް ކުރީގެ ރައީސް އަބްދުﷲ ޝަރީފްއާއި، ލަވަކިޔުންތެރިޔާ އުމަރު ޒާހިރު އެމްއެންޕީއާއި ގުޅިވަޑައިގެންފިއެވެ.
އެމްއެންޕީއިން ބުނެފައިވަނީ ފޮނަދޫ ކުރީގެ ކައުންސިލް ރައީސް އަބްދުﷲ ޝަރީފް އެމްއެންޕީއާއި ގުޅިވަޑައިގަތުމަކީ ޕާޓީއަށް ލިބުނު ވަރަށް ބޮޑު އުފަލެއްކަމަށެވެ. އަދި ލަވަކިޔުމުގެ ދާއިރާއިން ޤައުމީ އިނާމު ހާސިލް ކުރައްވާފައިވާ މަޝްހޫރު ލަވަކިޔުންތެރިޔާ އުމަރު ޒާހިރު އެމްއެންޕީ އާއި ގުޅިވަޑައިގަތުމަކީ ޕާޓީ އަށް ލިބިގެން ދިޔަ އިތުރު ހިތްވަރެއްކަމަށެވެ.
ލަވަކިޔުމުގެ ދާއިރާއިން ޤައުމީ އިނާމު ހާސިލް ކުރައްވާފައިވާ މަޝްހޫރު ލަވަކިޔުންތެރިޔާ އުމަރު ޒާހިރު އެމްއެންޕީ އާއި ގުޅިވަޑައިގަތުމަކީ ޕާޓީ އަށް ލިބިގެން ދިޔަ އިތުރު ހިތްވަރެއް. pic.twitter.com/bzx3vGOI69
— Maldives National Party (@MNP_Secretariat) September 6, 2021
އެމްއެންޕީއިން އެޕާޓީ އުފެއްދުމަށްޓަކައި ގިނަ ބައެއްގެ ސޮއި ހޯދަމުންދާއިރު، ރާއްޖޭގެ ފާހަގަކޮށްލެވޭ ފަންނާނުންނާއި، ސިޔާސީ ތަޖުރިބާކާރުން ގެންދަނީ އެޕާޓީއާއި ގުޅެމުންނެވެ.
އެމްއެންޕީ އުފެއްދުމަށް ބޭނުންވާ 3،000 މީހުންގެ ސޮއި މިހާރު ލިބިފައިވާއިރު، އެޕާޓީން މަސައްކަތް ކުރަނީ ޕާޓީ އުފެއްދުމަށް އިލެކްޝަނަށް ވައްދާއިރުވެސް 5،000 މެމްބަރުންނަށްވުރެ ގިނަ މީހުންގެ ސޮޔާއިއެކު އިލެކްޝަނަށް ހުށަހެޅުމެވެެ. އެމްއެންޕީ، ސިޔާސީ ޕާޓީއެއްގެ ގޮތުގައި އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނުން މިދިޔަ މަހުގެ 15 ވަނަ ދުވަހު ހުއްދަ ދީފައިވަނީ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމަށެވެ.
ކޮމެންޓު ފޮނުވާ