ހުޅުމާލޭގައި އިމާރާތް ކުރެވިފައިވާ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ދަރިވަރުންނަށް ސްކޫލްތަކަަށް ދެވޭނޭ އިންތިޒާމްތަކެއް ހަމަޖައްސާ ދޭން އެޑިއުކޭޝަން މިނިސްޓްރީން ނިންމަައިފިއެވެ.
ހިޔާ ފްލްޓްތަކަށް މިހަފްތާގެ 17ވަނަ ދުވަހު ކަރަންޓު ދޫކުރުމާއި ގުޅިގެން، މިހާރު ބައެއް އައިލާތަކުންވަނީ މި ފްލެޓްތަކުގައި ދިއުޅެން ފަށާފައެވެ. އަދި ބައެއް އާއިލާތަކުން މިހާރު މަޑުކޮށްގެން ތިބީ، އަނެއްބައި ފްލެޓްތަކުގެ ފިނިޝިންގ މަސައްކަތްތައް ނިމެންދެން ފްލެޓްތަކަށް ބަދަލުވާން މަޑު ކޮށްލައިގެންނެވެ. މި ގޮތުން ބެލެވޭ ގޮތުގައި ކުރިޔަށް އޮތް ދެތިން މަހެއްހާ ދުވަހުގެ ތެރޭގައި ގިނަ ފްލެޓްތަކަށް ގިނަ އާއިލާތަކުން ހިޖުރަ ކުރާނެއެވެ.
އަދި މިގޮތުން ގިނަ އާއިލާތަކެއް ފްލެޓްކަގުގައި ދިރިއުޅޭން ފަށާއިރު، މި ސަރައްދުގައި އަސާސީ ގިނަ ޚިދުމަތްތަކެއް ފުރިހަމަ ވެފައި ނުވާކަން ފާހަގަ ކޮށްލެވެއެވެ. މިގޮތުން އެންމެ ބޮޑަށް ފާހަގަ ކޮށްލެވެނީ، މި ސަރަހައްދުގައި އެއްވެސް ސްކޫލެއް އަދި އިމާރާތް ކުރެވިފައި ނުވާތީ، ދަރިވަރުން ސްކޫލަށް ދިއުމަށް ދިގު ދަތުރެއް ކުރަން ޖެހިފައިވާ ކަމެވެ.
އެހެންނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ގޫގުލް ފޯމް މެދުވެރިކޮށް، ދަރިވަރުން ސްކޫލްތަކަށް ރެޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. މިގޮތުން، ފުރިހަމަ ކުރަންޖެހޭ މި ފޯމް ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ މިއަދު މެންދުރު 1:00 އެވެ.
ދަރިވަރުން ސްކޫލްތަކަށް ދިއުމަށް މިނިސްޓްރީން ހަމަޖައްސާދޭ އިންތިޒާމްތަކުގެ ތެރޭގައި ފްލެޓުތަކުގައި ދިރިއުޅޭ ކުދިންގެ ތެރެއިން މާލެއަށް ކިޔަވަން ދާންޖެހޭ ކުދިންނަށްވެސް ސްކޫލަތަކަށް ގޮސް އަދި އައުމުގެ އިންތިޒާމް ހަމަޖައްސައިދިނުންވެސް ހިމެނެ އެވެ. މީގެތެރޭގައި ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ސްކޫލްތަކަށް ދާންޖެހޭ ދަރިވަރުންވެސް ހިމެނެއެވެ.
ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި 14 ސްކޫލެއް އިމާރާތްކުރަން ވަނީ ނިންމާފައެވެ. އަދި ފާއިތުވި ފެބްރުއަރީ މަހު ވަނީ ފުރަތަމަ އިމާރާތްކުރާ ސްކޫލް "ސަލާހުއްދީން ސްކޫލް" މަސައްކަތައް ކުންފުންޏަކާ ހަވާލުކޮށްފަ އެވެ. މި ސްކޫލް އަންނަ އަހަރުގެ މާޗަށް ނިންމުމަށްޓަކާ، 118 މިލިއަން ރުފިޔާ އަށް މިމަސައްކަތް ހަވާލުކުރީ އަމީން ކޮންސްޓްރަކްޝަނާ އެވެ.
އަދި ދެވަނަ ފިޔަވަހީގެ ދެ ވަނަ ސްކޫލްގެ މަސައްކަތް 243 މިލިއަން ރުފިޔާ އަށް ހަވާލުކުރީ އާރްސީސީ އާއެވެ. މި ސްކޫލް އަންނަ އަހަރުގެ ޑިސެމްބަރަށް ނިންމަން ޖެހެއެވެ.
ކޮމެންޓު ފޮނުވާ