ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވި ކުރި ނޭރުމަކީ ޤާސިމް އިބްރާހިމްގެ މައްސަލައެއް ނޫންކަމަށް ވިދާޅުޖެ ޖުމްހޫރީ ޕާޓީގެ ނައިބް ރައީސް ސައުދުގެ ރައްދެއް އަލްހާން ފަހުމީއަށް ދެއްވައިފިއެވެ.
ޖުމްހޫރީ ޕާޓީ އަކީ ފިކުރެއް ނޫންކަމަށް ވިދާޅުވެ އަލްހާން މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ 15 އަހަރު ވީއިރުވެސް ޖުމްހޫރީ ޕާޓީގެ ލީޑަރަކީ ޤާސިމް އިބްރާހިމްއަށް ވެފައި މިއަދު އާސިޔާސީ ލީޑަރޝިޕެއް ޕާޓީއަށް ބޭނުންވާކަމަށެވެ. އަލްހާންގެ ޓްވީޓާއި ގުޅިގެން ސައުދު ވަނީ ހޫނު ރައްދެއް އަލްހާނަށް ދެއްވާފައެވެ. ސައުދު ވިދާޅުވީ އަލްހާނަށް ރާއްޖޭގެ އެއްވެސް ސިޔާސީ ޕާޓީއެއް ކަމުނުދިއުމަކީ ޤަސިމް ފެއިލްވާންޖެހޭ ސަބަބެއް ނޫންކަމަށެވެ.
Siyaasee gothun Manikufaan @AlhanFahmy fail vumakee Hon @qasimibrahim kusheh tho? Gaumu ehge hurihaa kule eh ge uniform leemaa ves kaamiyaabu nuvumakee hon. Qasim ge kushen tho? America raees Trump hen media ge Samaalukan hoadhan vegen dhehtho thiulhunvanee? pic.twitter.com/WpQEuaztXx
— Ahmed Saud (@ammadaysaud) October 28, 2020
އަލްހާން މަސައްކަތް ކުރައްވަނީ ބޭރުގެ ސިޔާސީ ލީޑަރުންގޮތަށް މޮޅެތި ޓްވީޓްތައްކޮށް ހެޑްލައިން ހެދުމަށްކަމަށް ސައުދު ވިދާޅުވިއެވެ. ސައުދުގެ މިޓްވީޓާއި ގުޅިން އަލްހާން ވަނީ އިތުރު ޓްވީޓެއް ކުރައްވާފައެވެ. އަލްހާން ވިދާޅުވީ އޭ ޓްވީޓްކުރީ ޤާސިމަށް ނިސްބަތްކޮށް ނޫންކަމަށެވެ. އޭނާ ޓްވީޓްކުރީ ޖުމްހޫރީ ޕާޓީގެ ސިޔާސަތުތަކާއި މުސްތަޤުބަލާއި ގުޅޭގޮތުންކަމަށް އަލްހާން ވިދާޅުވިއެވެ.
މަނިކުފާނު ތިޔަ ވާހަފުޅުދައްކަވަނީ ޒާތީ މޭރުމަކުން !@qasimibrahim އަކީ އަޅުގަނޑު އިޙްތިރާމްކުރާ،ސިޔާސީ ލީޑަރެއް!ޤައުމަށް އަގުހުރި ޚިދުމަތް ކޮށްދެއްވި މޮޅު ދިވެހި ދަރިއެއް!
ދައުލަތުގެ އެންމެ މަތީ ޝަރަފާ ޢިއްޒަތް ޙައްޤު ބޭފުޅެއް! @ibusolihއަޅުގަނޑު ދެއްކީ ޖުމްހޫރީޕާޓީގެ ވާހަކަ! https://t.co/lM2HfNCOUM
— ????? ????? – ?? (@AlhanFahmy) October 28, 2020
ޖުމްހޫރީ ޕާޓީއަކީ ސަރުކާރު ކޯލިޝަންގައި އޮތް ދެވަނައަށް އެންމެބޮޑު ޕާޓީއެވެ. ޖުމްހޫރީ ޕާޓީން ފާއިތުވެދިޔަ 15 އަހަރު ދުވަހުގެ ތެރޭގައި ގިނަ ކާމިޔާބީތަކެއް ސިޔާސީ ގޮތުން ހޯދާފައިވާއިރު، އެޕާޓީގެ އެންމެބޮޑު އަމާޒަކީ ވެރިކަމަށް އައުމެވެ. ނަމަވެސް މިހާތަނަށް އެޕަޓީން އަދާކުރަން ޖެހިފައިވަނީ ވެރިކަމަށް ބަޔަކު ގެނައުމަށް ކުރަންޖެހޭ މަސައްކަތް ކުރުމެވެ.2008 އިން ފެށިގެން މިހާތަނަށް ރާއްޖޭގައި އުފެދުނު ހުރިހާ ވެރިކަމެއްވެސް އުފެދިފައިވަނީ ޤާސިމްއާއި، ޖުމްހޫރީ ޕާޓީގެ ހިއްސާ އޮވެގެންކަން ފާހަގަކޮށްލެވެއެވެ.
ކޮމެންޓު ފޮނުވާ