ނަޝީދުގެ ބަޔާން ނެގުމަށް އިނގިރޭސިވިލާތަށް ދިއުމަށް ޒައިދުއާއި، އިޔާޒު ދެކޮޅު

ނަޝީދުގެ ބަޔާން ނެގުމަށް އިނގިރޭސިވިލާތަށް ދިއުމަށް ޒައިދުއާއި، އިޔާޒު ދެކޮޅު

Author
މުޙައްމަދު ޝަޒައިމް
03 ސެޕްޓެމްބަރ 2021 07:27
0

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ނުރައްކާތެރި ޓެރެރިސްޓް ހަމަލާއާއި ގުޅިގެން އެމަނިކުފާނުގެ ބަޔާނެއް ނެންގެވުމަށް އިނގިރޭސި ވިލާތަށް ތަހުގީގީ އިދާރާތަކުން ދިއުމަކީ ތާއީދު ކުރައްވާ ކަމެއްނޫންކަމަށް އަދާލަތު ޕާޓީގެ އިލްމު ވެރިންގެ މަޖިލީހުގައި ހިމެނޭ ޝައިޚު ޒައިދުއާއި، ޑރ.އިޔާޒުވެސް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ނުރައްކާތެރި ޓެރެރިސްޓު ހަމަލާއާއި ގުޅިގެން އެމަނިކުފާ ވަނީ ބަޔާން ދެއްވަން ބޭނުންވާކަމަށް ވިދާޅުވެފައެވެ. އަދި މިހާރު ފުލުހުންނާއި ޕީޖީ ގެންދަވަނީ އެމަނިކުފާނުގެ ބަޔާން ނެންގެވުމަށް އިނގިރޭސިވިލާތަށް ދިއުމަށްޓަކައި ކުރަންޖެހޭ މަޝްވަރާތައް ކުރައްވަމުންނެވެ.

މިކަމާއި ގުޅިގެން ޑރ.އިޔާޒު ވިދާޅުވީ، އެންމެ ފަރުދެއްގެ ބަޔާން ނެގުމަށް ތިވަރުގެ ބޮޑު ޚަރަދެއް ކުރުމަކީ ވަރަށް ބޮޑު އިސްރާފެއްކަމަށެވެ. މިޒަމާނުގައި އޮންލައިންކޮށްވެސް މިފަދަ ކަންކަން ކުރެވޭނެ ވަސީލަތްތައް ތަނަވަސްވެފައިވާކަމަށް ޑރ.އިޔާޒު ވިދާޅުވިއެވެ.

އެންމެ ފަރްދެއްގެ ބަޔާން ނެގުމަށް ތިވަރުގެ ބޮޑު ޚަރަދެއް ކުރުމަކީ ވަރަށް ބޮޑު އިސްރާފެއް. މިޒަމާނުގައި އޮންލައިންކޮށްވެސް ތިކަން ކުރެވޭނެ ވަސީލަތްތައް ތަނަވަސްވެފައިވޭ.

– ޑރ.އިޔާޒު ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ޝައިޚު ޒައިދު ވިދާޅުވީ ވަކި އެންމެ ފަރުދެއްގެ ބަޔާނެއް ނެގުމަށް އިނގިރޭސި ވިލާތަށް މިހާލަތުގައި ދާން ނުޖެހޭކަމަށެވެ. ކޯވިޑް-19 އާއި ގުޅިގެން ދައުލަތުގެ މާލިއްޔާއަށް ބޮޑު ގެއްލުމެއް ލިބިފައިވާ މިހާލަތުގައި ބޭކާރު ޚަރަދު ނުކޮށް އިސްރާފު ނުވާނޭހެން ހުރިހާ އިދާރާއަކުން މަސައްކަތް ކުރަންޖެހޭކަމަށް ޒައިދު ވިދާޅުވިއެވެ. އަދި މިބަޔާނަކީ ވަކީލެއް މެދުވެރިކޮށްގެންވެސް ނެގޭވަރުގެ ކަމެއްކަމަށް ޝައިޚު ޒައިދު ވިދާޅުވިއެވެ.

އެންމެ ފަރުދެއްގެ ބަޔާން ނެގުމަށް ޕީޖީ އާއި ޕޮލިސް ބޮޑު ޚަރަދެއް ކުރަންޖެހޭތޯ؟ ކޯވިާއި ގުޅިގެން ދައުލަތުގެ މާލީ އެތައް ދައްޗެއް އޮތްއިރު، ދައުލަތުގެ ބޮޑު ޓީމެއް އިނގިރޭސި ވިލާތަށް ދާންޖެހޭތޯ؟ ވަކީލެއްގެ އެހީގައި ބަޔާން ހުށަހެޅޭނެ ނޫންތޯ؟ އިސްރާާފު ނުކުރައްވާ.

– ޝައިޚު ޒައިދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިވަގުތު ހުންނެވީ ފަރުވާއަށް އިނގިރޭސި ވިލާތުގައެވެ. އެމަނިކުފާނުގެ ޤާނޫނީ ޓީމުން އިއްޔެ ނެރުނު ބަޔާނެއްގަިއ ބުނެފައިވަނީ ރައީސް ނަޝީދުގެ މިމައްސަލައިގެ ޝަރީއަތް ފެށުމުގެ ކުރިން ބަޔާން ދެއްވަން ތައްޔާރަށް ހުންނެވިކަމަށެވެ. މިހަމަލާ ހިނގަދިޔަ ގޮތާއި، ލިބިވަޑައިގެންފައިވާ މައުލޫމާތުގެ އަލީގައި ރައީސް ނަޝީދުގެ ބަޔާނެއް ދެއްވަން ބޭނުންވާކަމަށް ވަނީ ބުނެފައެވެ.

ރައީސް ނަޝީދު ބަޔާން ދެއްވަން ބޭނުން ވުމުން، ފުލުހުންނާއި ޕީޖީވަނީ ބަޔާން ނެގުމަށް އެނގިރޭސިވިލާތަށް ދިއުމަށް މަޝްވަރާކޮށްފައެވެ. އަދި މިކަމުގައި ވަރަށް އަވަހަށް ރައީސް ނަޝީދު ބަޔާން ނެގުމަށް ތަހުގީގު ޓީމެއް އިނގިރޭސި ވިލާތަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް ދަތުރު ކުރަން ހަމަޖެހިފައިވާ ސީދާ ތާރީހެއް ސާފެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ނ ނުފޮރުޕާން
ދަލަތުކުރިމަތިވެފައިވާބޮޑުނުފޮރުއްޕާނެއްތީތީނާ ހުރިތާކުންދަމާގެނެސް ހާއްސައެހީއަށްއެހީޢަށްބޭނުންޖެހިފާވާތަނަވައްދާ މިރާއްޖޭގެމިއަށްވުރެމާދިގުމުއްދަތަވެރިކަންކޮއްފާތިބިރައިސުންއެބަތިބި މިކަލަބަލާވެރިކަމަކާދިމާލެއްނުވޭ މީހަމަރގަޅަވެސްވެރިކަމާހެދިބޫތުކާގެންއުޅޭސޮރެއް ތީނާސަދޫމުގެބޮޑުވަޒީރުކަންދޭންފެނޭ
R Rty
Mee bodubalaaveri ksmeh konnasheedheh hurihaa meehunves hamaha vaanjeheyne sarukaaru beythelmaalu huskohfi thi nssheedu balaayaahedhi
ސ ސަންފާމަނިކެ
ތީވާގިނެއް ނޫނީ ކޮއްމަސްބުރިއެއްތަ މިތަނަނާދެވިގެން ބަޔިކުތިޔަހުރިތާކަދާންވީ
ބ ބޯބުޅި.
ތިޔަބޭފުޅުށްނަށް އަގަހުޅުވުނީވެސް އެސޮރުކުރިމަސަށްކަތުން . މީގެކުރީގައަގަހުޅުވާއިރަށްގެންގޮސްޖަލުކުޑަޖޮޅިޔަށްލާތުބުޅިބާލާފަޓޮމާޓޯސޯސްހާކާާނެ... މިހާރަކުނުހެެދޭނެއެގޮތެށް . ހަމައޭނަކުރިމަސަކަތް ...ްތިޔަދެބޭފުޅުންވެސްތަންކޮޅެށް ދީނީވާހަކަގިނަކުރަންވެށްޖެ ... ބަޔެށްފަހަރުހީވޭ ކުކުޅަށްވުރެބިސްދޮސީވަނީހެންވެސް..... ދީނީޢިލްމުވެރިންނަކީގަދަރުވެރިބަޔެއް ...
ކ ކިލެގެފާނު
އޭބުނަންރަންގަޅުވާހަކައެއް އޭނާހެދިއެނޫ އޭނާއުޅުނީދައުލަތުގެތިޖޫރީގަހުރިފާސާކޮޅުބަޑަނޭޅިގެންއިގޭ މިރާޖެގެންގޮސްއެހެންއައިރުރާއްޖެއަކަހަދަން ސަދޫމަށްހަދަންވެގެން
H Haaufaa
Vaki meehakah veethee thafaatheh ovegen nuvaane. hurihaa dhivehin hamahama vaane. rayyithunge faisaa in thiyakan kurumakee rayyithunge faisaa nahama gothugai beynun kurun.
ރ ރެކިމަނިކާ
ރަސްގެފާނުގާތަދާކަނޫޖެހޭނީ ވާ ވެފާއޮތީތަމިތަނަނާދެވިގެންއުޅެނީ
ކ ކިލެގެފާނު
ލާލުމުޖައްކަޅު ބޮޑާހާކަނީ
b birubodu
ތިޔަނޝީދުގެ ބަޔާންނަގަން އެއްވެސް ވަރަކަށް ދައުލަތުން ޚަރަދުކޮށްގެން ބޭރަށް ދާކަށްނުޖެހޭ ވަރަށްސާފް