ގުޅުންހުރި ބައިނަލްއަޤުވާމީ އިދާރާ ތަކަށްވެސް އަލީ ވަހީދު ހައްޔަރުކުރިކަމެއް ނޭގޭ: ފުލުހުން

ގުޅުންހުރި ބައިނަލްއަޤުވާމީ އިދާރާ ތަކަށްވެސް އަލީ ވަހީދު ހައްޔަރުކުރިކަމެއް ނޭގޭ: ފުލުހުން

Author
މުޙައްމަދު ޝަޒައިމް
02 ސެޕްޓެމްބަރ 2021 02:13
0

ޖިންސީ ގޯނާގެ ކުށުގެ ދަޢުވާ އުފުލާފައިވަނިކޮށް ރާއްޖެ ދޫކޮށް އިނގިރޭސިވިލާތަށް ވަޑައިގެންނެވި ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ހައްޔަރުކޮށްފައިވާކަމެއް ފުލުހުންނާއި ގުޅުންހުރި ބައިނަލް އަގުވާމީ އެއްވެސް އިދާރާއަކަށްވެސް އެގިފައި ނުވާކަމަށް ފުލުހުން ބުނެފިއެވެ.

އަލީ ވަހީދު ވިސާ ހަމަވެގެން އިނގިރޭސި ވިލާތުގައި ހައްޔަރުކޮށްފައިވާކަމަށް ބުނާތާ ހަފްތާއެއް ވެގެންދާއިރުވެސް މިކަމުގެ ސައްޚަ މައުލޫމާތެއް ފުލުހުންނަށް ވަނީ ލިބޭ ގޮތް ނުވެފައެވެ. ފުލުހުން ބުނެފައިވަނީ އަލީ ވަހީދު ހައްޔަރު ކުރިތޯ ސާފުކޮށްދޭން ފުލުހުންނާއި ގުޅުންހުރި ބައިނަލް އަޤުވާމީ ފަރާތްތަކުގައި ފުލުހުން އެދިފައިވާކަމަށެވެ. ނަމަވެސް އޭނާ ހައްޔަރުކުރި ކަމުގެ އެއްވެސް މައުލޫމާތެއް މިހާތަނަށް ފުލުހުންނަށް ލިބިފައި ނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިމައްސަލާގައި ރާއްޖޭގެ ޚާރީޖީ ވުޒާރާއިންވެސް ބުނެފައިވަނީ އަލީ ވަހީދު ހައްޔަރުކުރިކަމެއް ނޭގޭކަމަށެވެ. އަލީ ވަހީދު ހައްޔަރުކުރިކަމެއް ރާއްޖޭގެ ކަމާއިގުޅުންހުރި އެއްވެސް އިދާރާއަކަށް އެނގިފައިނުވާއިރު، އޭނާ ހައްޔަރުކުރިކަމަށްބުނެ ދެކެވޭ ވާހަތަކަކީ ހަގީގަތެއްކަމެއް އަދި ހަގީތެއް ނޫންކަމެއްވެސް ސާފެއްނުވެއެވެ. އަދި އޭނާ ހުރީ މިހާރު ޤައުމެއްގައިކަމެއްވެސް އެނގިފައިނުވެއެވެ.

އަލީގެ މައްޗަށް ސުޕްރީމް ކޯޓުން ކުރި ހުކުމް ތަންފީޒު ކުރުމަށް ރާއްޖެ ގެނައުމަށްޓަކައި އިންޓަޕޯލް މެދުވެރިކޮށް ކުރަން ޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އަދި ފުލުހުންގެ ފަރާތުން ޕޮލިސް ޓު ޕޮލިސް ކޯޕަރޭޝަން މެދުވެރިކޮށް ވެސް އިތުރަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.