މީކާއިލް މަންމަގެ ބޯފަޅާލައި، އެމްޑީޕީ އޮފީހުގައި ބޮޑު ހަމަނުޖެހުމެއް

މީކާއިލް މަންމަގެ ބޯފަޅާލައި، އެމްޑީޕީ އޮފީހުގައި ބޮޑު ހަމަނުޖެހުމެއް

Author
މުޙައްމަދު ޝަޒައިމް
02 ސެޕްޓެމްބަރ 2021 01:57
0

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ އޮފީސް ތެރޭގައި ބޮޑު ހަމަނުޖެހުމެއް ހިންގައި، ގަލޮޅު ދެކުނު ދައިރާގެ މެމްބަރު މީކާއިލް ނަސީމްގެ މަންމަގެ ބޯފަޅާލައިފިއެވެ.

އެމްޑީޕީ އޮފީސް ތެރޭގައި ހިންގި ހަމަނުޖެހުމުގައި މީކާއިލްގެ މަންމަ މަރިޔަމް ޒުބައިރު (މަންދީ)ގެ ބޯ ފަޅާލައިވަނީ ޗޭނުގަނޑަކުން ހަމަލާދީގެންކަމަށް މައުލޫމާ ލިބިފައިވެއެވެ. މިހާރު އޭނާ އަށްދަނީ އޭޑިކޭގައި ފަރުވާ ދެމުންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ މިއަދު މެންދުރުގެ ވަގުތެއްގައި އެ އޮފީސް ތެރޭގައި މާރާމާރީއެއް ހިންގައިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ އޮފީސް ތެރޭގައި މާރާމާރީއެއް ހިންގި ކަމުގެ މައުލޫމާތު މިއަދު މެންދުރު 12:30 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

މަންދީއަކީ އެމްޑީޕީގެ އިދާރީ ކަންކަން ފެށުނީސުރެއް ބެލެހެއްޓުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ އެއްބޭފުޅާއެވެ. އެމްޑީޕީ އޮފީސް ތެރޭގައި މާރާމާރީ ހިންގާފައިވާއިރު، އެޕާޓީން ތައްޔާރުވަމުންދަނީ މިމަހުގެ 25 ވަނަ ދުވަހު ޤައުމީ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށެވެ. މި އިންތިޚާބުގައި ރައީސް ޞާލިހުއާއި، ރައީސް ނަޝީދުގެ ވާދަވެރިކަން ބޮޑުވެ ދެބޭފުޅުނަށް ތާއީދު ކުރައްވާ ބޭފުޅުން ގެންދަވަނީ ވަރަށް ވަރުގަދައަށް ކެމްޕެއިން ކުރައްވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޔ ޔާމީނު
އަޅެ މީދިވެސްސެއްތަ މަހީކުރީ ޓްރަމްޕުގެ އަންހެނުންކަމަށް
H Husen
raees Solih heekuri varahvure verikamaa thahudi vaddhaa meehakah mivee