ސިރުހާން ސިރުހާން ހުކުރު ދުވަހު ޕެރޯލް ބޯޑަށް ހާޒިރު ކުރެވިފައި

ޖޯން އެފް ކެނެޑީގެ ބޭބެގެ ގާތިލަށް، 50 އަހަރުފަހު ޕެރޯލްގެ ފުރުސަތު ދޭން ފެންނަ ކަމަށް ނިންމައިފި

ޖޯން އެފް ކެނެޑީގެ ބޭބެގެ ގާތިލަށް، 50 އަހަރުފަހު ޕެރޯލްގެ ފުރުސަތު ދޭން ފެންނަ ކަމަށް ނިންމައިފި

ބަޑި ޖަހާ މަރާލެވުނު، އެމެރިކާގެ ކުރީގެ ރައީސް ޖޯން އެފް ކެނެޑީގެ ބޭބެ، އެމެރިކާގެ ކުރޯީގެ ސެނެޓަރ ރޮބްރޓ އެފް ކެނެޑީގެ ގަޔަށް ބަޑި ޖަހާ މަރާލި އޭނޭގެ ގާތިލު ސިރުހާ ސިރުހާން، ޖަލަށް ލެވުނުތާ 50 އަހަރުފަހުން، އޭނާއަށް ޕެރޯލްގެ ފުރުސަތު ދިނުމަށް ފެންނަ ކަމަށް، ޕެރޯލްގެ ފުރުސަތު ދޭނެ މީހުން ކަޑައެޅުމަށް އެކުލަވާލާފަ އޮންނަ ޕެންލްއިން ނިންމައިފިއެވެ.

ދެމީހުންގެ މައްޗަށް އެކުލެވޭ މިޕެނަލްއިން މިގޮތަށް ނިންމާފައިވަނީ، ރޮބްރޓް އެފް ކެނެޑީގެ ދެ ދަރިން، އޭނާއަށް ޕެރޯލްގެ ފުރުސަތު ދިނުމަށް ތާއީދުކޮށް ވާހަކަ ދައްކާފައި ވަނިކޮށެވެ. އަދި އޭނާއަށް ޕެރޯލްގެ ފުރުސަތު ދިނުމާއި ދެކޮޅަށް ދައުލަތުގެ ވަކީލުންވެސް ވަކާލާތު ކޮށްފައެއް ނުވެއެވެ.

ޖޯޑަން އަށް އުފަން، ފަލަސްތީނަށް ނިސްބަތްވާ ކުރިސްޓިއަނެއް ކަމުގައިވާ، މިހާރު އުމުރުން 77 އަަހަރުގެ ސިރުހާން ސިރުހާންއަށް ޕެރޯލްގެ ފުރުސަތު ދޭން ފެންނަކަމަށް ޕެނަލްއިން ނިންމި ކަމުގައިވި ނަމަވެސް، އޭނާއަށް އަދި އެފުރުސަތު ލިބިގެންދާނެ ކަމެއް ޔަގީނެއް ނުވެއެވެ.

ސިރުހާން ސިރުހާން، ޕެރޯލްގެ ފުރުސަތު ހޯދުމަށް އެދޭތާ 16ވަނަ ފަހަރު، 2 މެމްބަރުންގެ މައްޗަށް އެކުލެވޭ ޕެނަލްއިން އޭނާއަށް ޕެރޯލްގެ ފުރުސަތު ދޭން ފެންނަކަމަށް ހުކުރުދުވަހު ނިންމު ކަމުގައިވި ނަމަވެސް، ކުރިޔަށް އޮތް 90 ދުވަހުގެ ތެރޭގައި ކެލިފޯނިއާގެ ޕެރޯލް ބޯރޑުގެ މުވައްޒަފުން މިނިންމުން ދިރާސާ ކުރާނެއެވެ. އަދި އެއަށްފަހު މިނިންމުން ދާނީ އެ ސްޓޭޓުގެ ގަވަރުނަރުގެ އަރިހަށެވެ.

ސިރުހާން ސިރުހާން ޖަލުން ދޫކުރެވޭނީ، ގަވަރުނަރު ކުރިޔަށް ކުރިޔަށް އޮންނަ 30 ދުވަހުގެ ތެރޭގައި ސިރުހާން ސިރުހާންއަށް ޕެރޯލްގެ ފުރުސަތު ދޭން ނިންމައިފި ނަމައެވެ.

1968ވަނަ އަހަރު ރޮބްރޓް އެފް ކެނެޑީ އަވަހާރަ ކޮށްލެވުނު އިރު، އޭރު ކުޑަ ކުއްޖެއްގެ ގޮތުގައި ހުރި، އޭނާގެ ދަރިކަލެއް ކަމުގައިވާ ޑޮގުލަސް ކެނެޑީ ވިދާޅުވެފައިވަނީ، ސިރުހާން ސިރުހާން ޖަލުން ދޫކޮށްލުމަށް ނިންމި ނިންމުމާއެކު އޭނާގެ ލޮލުން ކަރުނަ ފޭއްދިގެން ދިޔަކަމުގައެވެ. އަދި އޭނާ ބުނެފައިވަނީ، ސިރުހާން ސިރުހާންއަކީ މުޖުތަމަޢަށް ނުރައްކަލަކަށް ނުވާނަމަ އޭނާ ޖަލުން މިނިވަން ކުރަން ޖެހޭކަމުގައެވެ.

އޭނާ ޖަލުން ދޫކޮށްލަން ޖެހޭކަމަށް ވިދާޅުވެ ރޮބްރޓް އެފް ކެނެޑީގެ ދަރުކަލުން ޑޮގުލަސް ކެނެޑީ ވާހަކަ ދައްކަމުން ދިޔަރު، ނޫކުލައިގެ ޖަލު ހެދުމުގައި އިން، ސިރުހާން ސިރުހާން އިނީ ހިނިތުން ވެފައެވެ.

އެހެންނަމަވެސް، ރޮބްރޓ އެފް ކެނެޑީގެ ދުނިޔޭގައި ތިބި 9 ދަރިންގެ ތެރެއިން 6 ދަރިން ބުނެފައިވަނީ، ޕެރޯލް ބޯޑުގެ މިނިންމުން ވެގެންދިޔައީ އެމީހުންނަށް ކުއްލި ހައިރާންކަމެއް ލިބިގެންދިޔަ ނިންމުމަކަށް ކަމުގައެވެ. އަދި އެމީހުންވަނީ، ގަވަރުނަރު ގަވިން ނިއުސަމްގެ އަރިހުން ޕެރޯލް ބޯޑުގެ މިނިންމުން ތަންފީޒު ނުކުރުމަށް އެދިފައެވެ.

"އޭނާވަނީ އަހަރެމެންގެ ބައްޕަ، އަހަރެމެންނާ އަދި އެމެރިކާގެ ރައްޔިތުންނާ ވަކި ކޮށްފަ،" ރޮބްރޓ އެފް ކެނެޑީގެ ހަ ދަރިންގެ ގުޅިގެން ނެރެފައިވާ ބަޔާނުގައި ބުނެފައި ވެއެވެ. "މީނާ ޕެރޯލްއަށް ޝަރުތު ފުރިހަމަވާ ކަމަށް ނިންމި މިންމުން ގަބޫލުކުރަންވެސް ދަތި."

އަވަހާރަ ކޮށްލެވުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން ރޮބަރޓް އެފް ކެނެޑި އޭނާގެ ކެމްޕޭން ސްޓަރފުންނާ ބަދައްލުކޮށް ވާހަކަ ދައްކަވަނީ

ރޮބްރޓ އެފް ކެނެޑީގެ އިތުރު ދަރިއެއް ކަމުގައިވާ ރޮބަޓް އެފް ކެނެޑީ ޖޫނިއަރވެސް ވަނީ އޭނާގެ ބައްޕަގެ ގާތިލު ސިރުހާން ސިރުހާން ޖަލުން މިނިވަންކުރުމަށް ތާއީދު ކޮށްފައެވެ. އޭނާ ޕެރޯލް ބޯޑަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ، ސިރުހާން ސިރުހާންއާއި އޭނާއާއި ޖަލުން ވަކިން ބައްދަލުވި ކަމަށާއި، އަދި ބައްދަލުވި ފަހަރު، އޭނާގެ އަތުގައި ހިފާ، މާފުކޮށް ދިނުމަށް އެދި ސިރުހާން ސިރުހާން އާދެސް ކުރިމަކަށާއި، އޭގެ ސަބަބުން އޭނާއަށް ވަރަށް އަސަރު ކޮށްފައިވާ ކަމުގައެވެ.

އެމެރިކާގެ ކުރީގެ ރައީސް ޖޯން އެފް ކެނެޑީގެ ބޭބެ ކަމުގައިވާ، އެމެރިކާގެ ކުރޯީގެ ސެނެޓަރ ރޮބްރޓ އެފް ކެނެޑީ ދެވުނު ބަޑީގެ ހަމަލައެއްގައި 1968 ވަނަ އަހަރުގެ ޖޫން މަހުގެ 6 ވަނަ ދުވަހު މާރާލެވުނު އޭނާ ގެންދެވީ އެއަހަރުގެ އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ޑިމޮކްރަޓިކް ޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވަމުންނެވެ.

އަދި އޭނާ މަރާލެވިފައިވަނީ، ޕްރައިމަރީ ކެމްޕޭނުގައި ކެލިފޯނިއާގެ ޕްރައިމަރީ ކާމިޔާބު ކުރުމަށްފަހު، އެމްބެސެޑަރ ހޮޓަލުގައި، ކާމީޔާބީ ފާހަގަ ކުރުމުގެ ގޮތުން ވާހަދަ ދެއްކެވިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ.

ރޮބްރޓް އެފް ކެނެޑީ މަރާލުމު ކުށުގައި، ފުރަތަމަ ޑިގްރީގެ ގާތިލެއްގެ ގޮތުން، އެންމެ ފުރަތަމަ މަރުގެ ހުކުމް އިއްވުނު ސިރުހާން ވަނީ، ރޮބްރޓް އެފް ކެނެޑީ މަރާލި ކަމުގެ ހަދާނެއް އޭނާ ނުވާކަމަށް ބުނެފައެވެ.

ޖަލުގައި މިހާރު 53 އަހަރު ހޭދަ ކޮށްފައިވާ ސިރުހާން ސިރުހާން ވަނީ، އޭނާއަކީ، ރޮބްރޓ އެފް ކެނެޑީ އިސްރާއީލަށް އޭރު ކުރަމުން އައި ތާއީދަށް ވަރަށް ބޮޑަށް ނަފްރަތު ކުރަމުން އައި މީހެއްކަމަށްވެސް ބުނެފައެވެ.

އަދި މި ހަފްތާގެ ހުކުރު ދުވަހު، ޕެރޯލްގެ ފުރުސަތު ދޭން ފެންނަ ކަމަށް ބޯޑުން ނިންމުމަށްފަހު، މެދުއިރުމަތީ މައްސަލައާއި ގުޅޭގޮތުން މިހާރު ދެކެނީ ކިހިނެއްތޯ ސުވާލު ކުރެވުމުން އޭނާއަށް ރޮވި، ކުޑަ ވަގުތުކޮޅަކަށް އޭނާއަށް ވާހަކަ ދައްކަން އުދަގޫ ވިއެވެ. އަދި އޭނާ ބުނެފައިވަނީ، މެދުއުރުމަތީގެ ހާލަތު އޭނާ މިހާރު އެވަރަށް ނުބަލާ ކަމަށާއި، އެހެންނަމަވެސް، ފަލަސްތީނުގެ ރެފިއުޖީންގެ ހާލަތު އަބަދުވެސް އޭނާގެ ސިކުޑީގައި އޮންނަ ކަމަށެވެ.

"ފަލަސްތީނު މީހުން ތަހައްމަލް ކުރަމުންދާ ކަންކަން އެއީ، ވަރަށް ހިތްދަތިކަން ލިބޭ ކަމެއް،" ސިރުހާން ސިރުހާން ބުނެފައި ވެއެވެ.

ސިރުހާން ސިރުހާން އުމުން 24 އަހަރުގައި، އޭނާގެ ގާނޫނީ ވަކީލްއާއެކު

އުމުރުން 24 އަހަރުގައި، ރޮބްރޓް އެފް ކެނެޑީ މަރާލުމުގެ ކުށުގައި، ސިރުހާން ސިރުހާން މަރަށް ހުކުމް ކުރެވުނު ނަމަވެސް، ކެލިފޯނިއާގެ ސުޕްރީމް ކޯޓުން، ދުވަސް ކޮޅަކަށް، މަރުހުކުމް އެ ސްޓޭޓުގައި ތަންފީނު ނުކުރުމަށް ނިންމުމާ ގުޅިގެން، އޭނާގެ މައްޗަށް އިއްވުނު މަރުގެ ހުކުމް ބަދަލު ކުރެވުނީ އުމުރުދުވަހުގެ ޖަލުގެ ހުކުމަކަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *