ސަރުކާރައި ރައްޔިތުންގެ މަޖިލީހުގެ ސައިޒް ކުޑަކުރަން ޖެހޭކަމަށް އދ.ގެ އިންސާނީ ހައްގުތަކާިއ ބެހޭ ރެޕަޓުއަރ އަދި އެމްޑީޕީގެ ފުރަތަމަ ސަރުކާރުގެ ފޮރިން މިނިސްޓަރ ޑރ.އަޙްމަދު ޝަހީދު ވިދާޅުވެއްޖެއެވެ. ޝަހީދު ކުރެއްވި ޓްވީޓެއްގައިވަނީ މަޖިލީހުގެ ސައިޒް ކުޑަކުރަން ޖެހޭކަަމަށާއި، މަޖިލީހުގައި އަސްލު މަސައްކަތް ކުރައްވަނީ ވަރަށް މަދު މެންބަރުންކަމަށް ވިދާޅުވެފައެވެ. ޝަހީދު ވިދާލުވީ ސަރުކާރުގެ ސައިޒްވެސް ކުޑަކުރަންޖެހޭކަމަށާއި، ޚިދުމަތް ދެއްވަނީވެސް ވަރަށް މަދު މުވައްޒަފުންކަމަށެވެ.
މިހާރު މަޖިލީހާއި ސަރުކާރަކީ އިސްރާފްގިނަ މާސިންގާ "ޕަޓްރޮނޭޖް" ނިޒާމްތަކެއް.
– ރައިސް އިބްރާހީމް މުޙައްމަދު ޞަލިހާއި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ޓެގްކުރައްވާ ޝަހީދު ވިދާޅުވިއެވެ.
ޝަހީދު މިފަދައިން ވިދާޅުވީ، މަޖިލީހަށް ހޮވުމުން މެންބަރުން މަސައްކަތްކުަރއްވަނީ އެމެންބަރުންގެ އަމިއްލަ ފައިސާއަށްކަމަށް ބުނެ މީހަކު ކުރި ޓްވީޓަކާއި ގުޅިގެންނެވެ.
Majilis ge size eba jehe kuda kuran; aslu masakkatheh kuravvannee varah madhu membareh. Sarukaaru size ves eba jehe kuda kuran. Khidhametheh dhevvanee varah madhu muazzafeh. Mihaaru Majlihaai sarukaarakee israafugina maasingaa patronage nizaam thakeh. @ibusolih @MohamedNasheed https://t.co/laSsnEFNWi
— Ahmed Shaheed (@ahmedshaheed) August 28, 2021
މހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއަށެވެ. ނަމަވެސް ސަރުކާރާއި ރައްޔިތުންގެ މަޖިލިސް އެމްޑީޕީއަށް ލިބިއޮވެ ރައްޔިތުން އުއްމީދު ކުރާ ގާތަށްވެސް މަސައްކަތެއް ނުކުރާކަމުގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައިވެއެވެ.
ނަމަވެސް ސަރުކާރުން ވަނީ ފާއިތުވި ސަރުކާރަށްވުރެ މިސަރުކާރުން މިހާތަނަށް ހިންގާ ތަރައްޤީގެ މަޝްރޫއުތައް ގިނަކަމަށް ވިދާޅުވެފައެވެ. ސަރުކާރުންމިގޮތަށް ހާމަކުރިނަމަވެސް މިސަރުކާރުން ވެރިކަމަށް އައުމަށް ރައްޔިތުންނަށް ވެފައިވާ ހުރިހާ ވަޢުދެއް، ފަސް އަހަރުގެ ދައުރުގެ ތެރޭގައި ފުއްދުމަކީ ކުރެވޭނެ ކަމެއްނޫންކަމަށް ގަބޫލު ކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ދާދިފަހުން ވަނީ ވިދާޅުވެފައެވެ.
ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމުގެ ފަސް އަހަރުގެ ދައުރުގެ ތިން އަހަރު ވުމާއި ކައިރިވެފައިވާއިރު، ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ގެންދަވަނީ ފުއްދުމަށް މަަސއްކަތް ކުރަމުންނެވެ. ނަމަވެސް ކޯވިޑާއި ގުޅިގެން ބައެއް މަަސައްކަތްތައް ވަނީ މަޑު ޖެހިފައެވެ. އަދި މިހާރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދައުރުގެ ބާކީ އޮތް ދުވަސްތަކުގައި ވެފައިވާ ވައުދުތައް ފުއްދުމަށް އޮތް ގޮންޖެހުމެވެ. ބޯހޮޔާ ވަހިކަމާއި، އަސާސީ އެނޫން ޚިދުމަތްތަކާއި، ބްރިޖް މަޝްރޫޢަކީ ސަރުކާރަށް އޮތް އެންމެ ބޮޑު ގޮންޖެހުމެވެ.
ކޮމެންޓު ފޮނުވާ