ހިޔާ 9 އަދި 10 ވަނަ ޓަވަރަށް މާދަމާ ކަރަންޓު ދޫކުރަނީ

ހިޔާ 9 އަދި 10 ވަނަ ޓަވަރަށް މާދަމާ ކަރަންޓު ދޫކުރަނީ

Author
މުޙައްމަދު ޝަޒައިމް
28 އޮގަސްޓް 2021 02:20
0

ހިޔާ ޓަވަރު ތަކަށް ކަރަންޓު ދިނުމުގެ މަސައްކަތުގެ ތެރެއިން، މާދަމާ ކަރަންޓު ދޭނީ ޓަވަރު 9 އަދި 10 އަށް ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.

ސްޓެލްކޯއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ހިޔާ ޓަވަރުތަކަށް ކަރަންޓު ދިނުމަށްޓަކައި މާދަމާ 9 އަދި 10 ވަނަ ޓަވަރުން ފްލެޓް ލިބިފައިވާ ފަރާތްތަކަށް އެސް.އެމް.އެސް މެދުވެރިކޮށް ހާޒިރުވާންޖެހޭ ގަޑި އެންގިގެންދާނެކަމަށެވެ. އެބޭފުޅަކަށް ހާއްސަ ކުރެވިފައިވާ ގަޑިއަށް ސްޓެލްކޯއިން ދޫކޮށްފައިވާ ސްލިޕާއި، ފްލެޓްގެ ތަޅުދަނޑިއާއެކު، ޓަވަރުތަކަށް ވަޑައިގަތުމަަށް ސްޓެލްކޯއިން ވަނީ އިލްތިމާސް ކުރައްވާފައެވެ.

މީގެ އިތުރުން 9 ވަނަ ޓަވަރުން ފްލެޓް ލިބި އެޗްޑީސީއާއެކު ސޮއިކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ސްޓެލްކޯއާއިއެކު ސޮއި ކޮށްފައިނުވާ ފަރާތްތަކުން މާދަމާ ސްޓެލްކޯގެ ހުޅުމާލޭ އޮފީހަށް ވަޑައިގެން ސޮއިކުރުމުގެ ކަންކަން ކުރިޔަށް ގެންދިއުމަށް ވަނި ދަންނަވާފައެވެ.

މަސައްކަތުގެ ބާވަތުން، އެ ދުވަހަކު ކަރަންޓު ދިނުމަށް ހަމަޖެހިފައިވާ ދެ ޓަވަރުން ފުލެޓް ލިބިފައިވާ ފަރާތްތައް ހާޒިރު ނުވެވިއްޖެ ނަމަ، އެފަރާތަކަށް ދެން އެ ފުރުސަތު ދޭނީ ބާކީ ހުރި ޓަވަރުތަކަށް ކަރަންޓު ދީ ނިމުމުން ކަމަށްވެސް ސްޓެލްކޯ އިން ބުނެފައިވެއެވެ.

ހިޔާ ހައުސިން ޔުނިޓްތަކުގެ އެގްރިމެންޓް ހަދާ، މިހާރުވަނީ ތަޅުދަނޑިވެސް ހަވާލުކޮށްފައެވެ. ޔުނިޓްތަކުގަ ނުނިމުހުރި ފިނިޝިން މަސައްކަތްތައް ކުރިއަށްގެންދެވޭނެ މުއްދަތު ސަރުކާރުންވަނީ މިއަހަރުގެ ނިޔަލަށް އިތުރުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.