ޗެމްޕިއަންސް ލީގުގައި ވަރުގަދަ ޕީއެސްޖީ އާއި ސިޓީ އެއް ގްރޫޕެއްގައި

ޗެމްޕިއަންސް ލީގުގައި ވަރުގަދަ ޕީއެސްޖީ އާއި ސިޓީ އެއް ގްރޫޕެއްގައި

Author
ޔޫސުފް
27 އޮގަސްޓް 2021 01:40
0

މި ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގައި ފްރާންސްގެ ޕީއެސްޖީ އާއި އިނގިރޭސިވިލާތުގެ މެންޗެސްޓަރ ސިޓީ އެއް ގްރޫޕެއްގައި ލައްވާލައިފިއެވެ.

ކުރިޔަށް އޮތް ޗެމްޕިއަންސް ލީގުގެ ގުރު ނެގުމުގެ ރަސްމީޔާތުގެ ރޭ ބާއްވާފައިވާއިރު، މި ރަސްމީޔާތުގައި ވަނީ ޔޫރަޕުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ޗެމްޕިއަންސް ލީގުގެ މޮޅު ކުޅުންތެރިންގެ މަގާމުތައްވެސް އިއުލާން ކޮށްފައެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް އޭގައި ވަރުގަދަ ޕީއެސްޖީ އަދި ސިޓީ އާއެކު ދެ ހިމެނުނު ދެ ޓީމަކީ ކްލަބް ބްރޫޖްސް، އަރްބީ ލައިޕްޒިގުއެވެ.

ގްރޫޕް ބީގައި ހިމެނުނު ޓީމުތަކަކީ، އެތުލެޓިކޯ މެޑްރިޑް، ލިވަޕޫލް، ޕޯޓޯ، އޭސީ މިލާންއެވެ. އަދި ގްރޫޕް ސީ ސްޕޯޓިން ލިޒްބަން ބޮރޫޝިއާ ޑޯޓްމަންޑް، އަޔަކްސް، ބެސިކްޓާސްއެވެ.

ގްރޫޕް ޑީ ގައި އިންޓަ މިލާން، ރެއާލް މެޑްރިޑް، ޝަހުތަރު ޑޮނެސްކް، ޝެރިފް ޓިރާސްޕޯލް ހިމެނޭއިރު، ގްރޫޕް އީ ގައި ވަރުގަދަ ބަޔާން މިއުނިކާއި ބާސެލޯނާއެކު ހިމެނުނީ ބެންފީކާ އަދި ޑިނަމޯ ކިއޭވްއެވެ.

ގްރޫޕް އެފްގައި ވިޔަރެއާލް، މެންޗެސްޓާ ޔުނައިޓެޑް، އެޓަލަންޓާ، ޔަންގް ބޯއީސް ލައްވާލިއިރު، ގްރޫޕް ޖީއަށް ދިޔައީ ލޮސްކް ލިލް، ސެވިއްޔާ، އެފްސީ ސަލްޒްބާގް އަދި ވޮލްފްސްބާގްއެވެ

ގްރޫޕް އެޗްގައި ހިމެނުނީ އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީ، ޔުވެންޓަސް، ޒެނިޓް ޕީޓާސްބާގް އަދި މަލްމޯއެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުތައް އޮންނާނީ އަންނަ މަހުގެ 13 އަދި 14 ވަނަ ދުވަހު އެވެ. މުބާރާތުގެ ފައިނަލް މެޗު އަންނަ އަހަރުގެ މެއި މަހުގެ 28 ވަނަ ދުވަހު ކުޅޭނީ ރަޝިއާގެ އެސްޓީ ޕީޓަސްބާގްގެ ދަނޑުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.