މުސިޕަލް ޚިދުމަތް ދިނުމަށް ހުޅުމާލެއަށް 70 މިލިޔަން ރުފިޔާގެ ބަޖެޓެއް ބޭނުންވޭ

މުސިޕަލް ޚިދުމަތް ދިނުމަށް ހުޅުމާލެއަށް 70 މިލިޔަން ރުފިޔާގެ ބަޖެޓެއް ބޭނުންވޭ

Author
މުޙައްމަދު ޝަޒައިމް
26 އޮގަސްޓް 2021 10:42
0

މާލެ ސިޓީގެ އިޚްތިޞާސްގައި ހިމެނޭ ހުޅުމާލޭގެ މުސިޕަލް ޚިދުމަތް ދިނުމަށް 70 މިލިޔަން ރުފިޔާގެ ބަޖެޓެއް ބޭނުންވާ ކަމުގައި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

ލާމަރުކަޒީ ގާނޫނާ އެއްގޮތް ކުރުމުގެ ބޭނުމުގައި ބިމާ ބެެހޭ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގެ ބިލުގެ ބަހުސްގައި އަލީ ނިޔާޒް ވިދާޅުވީ، ހުޅުމާލޭގެ މުނިސިޕަލް މަސައްކަތްތައް ކުރަން ޖެހޭނީ މާލޭ ސިޓީކައުންސިލުންކަން ގާނޫނުން ސާފުކޮށް އެނގޭ ކަމަށެވެ. ނަމަވެސް މާލޭ ސިޓީކައުންސިލްގެ މި އަހަރުގެ ބަޖެޓަކީ 17 މިލިއަން ރުފިޔާ ކަމަށް ވާއިރު، ހަމައެކަނި ހުޅުމާލޭގެ މުނިސިޕަަލް މަސަައްކަތްތަކަށް އަހަރަކު 70 މިިލިއަން ރުފިޔާ ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިއަހަރުގެ ބާކީބައިގައިވެސް ސިޓީ ކައުންސިލްގެ ދައުރެއް އޮންނަ ގޮތަކަށް ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތް ދެވޭނެ ފަދަ އެއްބަސްވުމަކަށް މަޝްވަރާ ކުރެވެމުންދާކަމަށް އަލީ ނިޔާޒު ވިދާޅުވިއެވެ.

ހުޅުމާލެ އަކީ މާލޭ ސިޓީކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ތަނަކަށް ވާއިިރު، އެކަން ތަންފީޒު ނުވާތީ ރައްޔިތުންނާއި ސިޓީ ކައުންސިލުން ވެސް ޝަކުވާކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

އަލީ ނިޔާޒު ވިދާޅުވީ ޤާނޫނުގައި ބުނާގޮތަށް ހުޅުމާލޭގެ މުނިސިޕަލް އެންމެހައި ކަންކަން ކުރުމުގެ ބާރުވެރިކަން މާލެ ސިޓީ ކައުންސިލަށް ސަރުކާރުން ދޫކުރާނެކަމަށެވެ. ނަމަވެސް މިހާރު އެކަން ކުރުމަށް ދިމާވެފައިވާ ދައްޗަކީ ބަޖެޓް ނެތުންކަމަށެވެ.

ހުޅުމާލޭގެ ޚިދުމަތް މާލެ ސިޓީ ކައުންސިލުން ދިނުމަށް ޤާނޫނީ ގޮތުން މާބޮޑު މައްސަލައެއް އޮތްކަމަށް ނުދެކޭކަމަށާއި، ޤާނޫނަށް ބަދަލު ގެނެސް ހައްލު ހޯދާ ހިސާބަށް އަދި ނުދާކަމަށްވެސް އަލީ ނިޔާޒު ވަނީ ވިދާޅުވެފައެވެ. ސަރުކާރުގެ ވިސްނުމަކީ މާލެ ސިޓީ ކައުންސިލަށް ޤާނޫނުން ބުނާ ބާރުވެރިކަން ދިނުން ކަމަށާއި، އެކަން ކުރެވޭނީ ބަޖެޓާއި، މުވައްޒިފުންވެސް ސިޓީކައުންސިލަށް ލިބޭނެ މަގު ފަހިކޮށް ދީގެންކަމަށް ނިޔާޒް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.