ޖޭއެސްސީގެ ވާހަކަ ދައްކާތީ ރައީސް ނަޝީދު ރަތަށް، ފަނޑިޔާރުގެ އައްޑާއަކަށް ބަދަލުކުރީ ރައީސް ޔާމީން

ޖޭއެސްސީގެ ވާހަކަ ދައްކާތީ ރައީސް ނަޝީދު ރަތަށް، ފަނޑިޔާރުގެ އައްޑާއަކަށް ބަދަލުކުރީ ރައީސް ޔާމީން

Author
މުޙައްމަދު ޖިމީ
27 އޮކްޓޯބަރ 2020 10:37
0

ރާއްޖެ ބަނގުރޫޓްކޮށްފަ ފަނޑިޔާރުގެތައް ކޮރަޕްޝަންގެ އައްޑާތަކަކަށް ބަދަލުވީ ރައީސް ޔާމީންގެ އިރުޝާދުގެ ދަށުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ތުހުމަތުކުރައްވައިފިއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިމިވަނީ އެމަނިކުފާނުވެސް އިންނަވާ ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ)ގެ ކޮމްޕޮޒިޝަން ބަދަލުކުރުމަށް އިދިކޮޅު ޕީޕީއެމުން ޤާނޫނު އަސާސީއަށް ހުށައަޅާފައިވާ އިޞްލާހު އެމްޑީޕީގެ މެންބަރުންގެ ވޯޓުން ބޭރުކޮށްލާފައިވަނިކޮށެވެ. ރައިސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖެ ބަނގުރޫޓްކޮށް، ފަނޑިޔާރުގެތައް ކޮރަޕްޝަންގެ އައްޑާތަކަކަށް ބަދަލުވީ ރައީސް ޔާމީންގެ އިރުޝާދުގެ ދަށުންކަމަށެވެ. އެއީ ރައީސް ޔާމީންގެ ލަފައާއި އެންގުމާއި، ބައިވެރިވުމުގެ ތެރެއިންކަން ދިވެހިން ވަރަށް ރަނގަޅަށް ދަންނަކަމަށެވެ.

"ޕީޕީއެމްގެ ވެރިކަމުގަ ކަންވީ ގޮތް ރައްޔިތުންނަށް މާބޮޑަށްވެސް އެނގޭ"

-ރައީސް މުޙައްމަދު ނަޝީދު

ރާއްޖޭގައި މިހާތަނަށް ހިނގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ބަލައި އެފައިސާތައް ދައުލަތަށް ހޯދައި ދިނުމަކީ މިސަރުކާރާއި، އެމްޑީޕީގެ އެޖެންޑާ 19ގެ ވަޢުދެކެވެ. އަދި ރާއްޖޭގެ ޝަރުޢީ ނިޒާމް އިސްލާޙުކުރުމަކީވެސް މިސަރުކާރައި އެމްޑީޕީގެ އެޖެންޑާ19ގެ ވަޢުދެއްވެސްމެއެވެ. ނަމަވެސް އަދިވެސް ޝަރުޢީ ނިޒާމު އިޞްލާހުނުވާކަމަށް ބައެއް ފަރާތްތަކުން އަންނަނީ ތުހުމަތުކުރަމުންނެވެ. އަދި ކޮރަޕްޝަންގެ މައްސަލަތައްބަލައި އެފައިސާ ހޯދައި ދެވިފައި ނުވާތީ ބައެއް ފަރަތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އިދިކޮޅު ޕީީއެމް ޕީއެންސީން މިރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ ޖޭ.އެސް.ސީ އަކީ ވަކި ޚާއްޞަ ދުސްތޫރީ ވާޖިބެއް އަދާކުރުމަށް އުފައްދާފައިވާ މިނިވަން މުއައްސަސާއެއްކަމަށެވެ. ޤާނޫނުއަސާސީގެ 159 ވަނަ މާއްދާގައި އެކޮމިޝަނުގެ ބާރުތައް ބަޔާންކުރެވިފައި ވީނަމަވެސް ނަމަވެސް، ސަރުކާރުން ވަނީ އެ ބާރުތައް މަސްހުނިކޮށް، ޖޭ.އެސް.ސީ މެދުވެރިކޮށް ރާއްޖޭގެ ޝަރުޢީ ނިޒާމް ބިރުވެރިކަމެއްގެތެރެއަށް ވައްޓާލައި، ފަނޑިޔާރުންނަށް އިންޞާފުވެރި ޙުކުމެއް ނުކުރެވޭ މިންވަރަށް ޝަރުޢީ ނިޒާމް ޕެރެލައިޒްކޮށްލާފައިކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.