މަސްދޯނި މައްސަލާގައި ހައްޔަރުކުރި މީހުންނަށް މުއްދަތުޖެހި މެޖިސްޓްރޭޓްގެ ސުލޫކީ މައްސަލައެއް ބަލަނީ

މަސްދޯނި މައްސަލާގައި ހައްޔަރުކުރި މީހުންނަށް މުއްދަތުޖެހި މެޖިސްޓްރޭޓްގެ ސުލޫކީ މައްސަލައެއް ބަލަނީ

Author
މުޙައްމަދު ޝަޒައިމް
27 އޮކްޓޯބަރ 2020 04:44
0

ލ.އަތޮޅު އެތެރެވަރި ވަޑިނޮޅު ކަނޑުގައި އޮތް މަސްދޯންޏެއް ބަލާ ލޯންޗެއްގައި ބަޔަކު އެދޯންޏަށް އަރައި ވަޅިން ބިރު ދެއްކި މައްސަލާގައި ހައްޔަރުކުރި ތިން މީހުންނަށް މުއްދަތު ޖެހި މެޖިސްޓްރޭޓްގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަން ފައްޓައިފިއެވެ.

ޖޭއެސްސީން ވިދާޅުވީ ލ. ގަމު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު ބަންދާމެދު ގޮތެއް ނިންމުމުގެ މައްސަލައެއްގައި، ކަނޑައެޅިގެން ޤާނޫނާއި ޚިލާފަށް އިސްމެޖިސްޓްރޭޓް ޢަބްދުލްފައްތާޙް ޢަބްދުލްޣަފޫރު ޢަމަލުކުރިކަމަށް ބުނާ މައްސަލައެއް ތަޙްޤީޤުކުރުމަށް، މައްސަލަ ބެލުމާ މެދު ގޮތެއް ނިންމާ ކޮމިޓީން ނިންމާފައިވާތީ، އެ މައްސަލަ ބަލަން ކޮމިޓީއެއް އެކުލަވާލާފައިވާކަމަށެވެ.

ޖޭއެސްސީން ބަލަމުންދަނީ ދޯނީގެ މައްސަލާގައި މުއްދަތު ޖެހި މީހުންނާއި ގުޅުންހުރި މައްސަލައެއް ނޫނެވެ. ޖޭއެސްސީން ދަނީ ފަހަކަށް އައިސް ވަރަށްގިނަ މެޖިސްޓްރޭޓުންގެ ސުލޫކީ މައްސަލަތައް ބަލައި މަޤާމުން ވަކިކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.